ވިލާ ކޮލެޖް

ވިލާ ކޮލެޖަށް 13 އަހަރު ފުރުން ފާހަގަކޮށްފި

Oct 18, 2020

ވިލާ ކޮލެޖަށް 13 އަހަރު ފުރުން އެ ކޮލެކުން މިއަދު ފާހަގަކޮށްފި އެވެ.

އެ ކޮލެޖުގެ އަހަރީ ދުވަހާ ގުޅުވައިގެން ނެރުނު ބަޔާނެއްގައި ބުނީ، 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ދެމުން އަންނަ، ފުރަަތަމަ ޕްރައިވެޓް ކޮލެޖުން ވޭތުވެދިޔަ އަހަރު ފާހަގަ ކުރެވިފައި ވަނީ ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ކަމަށެވެ. މިދިޔަ އަހަރު 1954 ދަރިވަރުން ދަސްވެނިވެފައިވާއިރު 16 އާ ޕްރޮގްރާމެއް ތައާރަފް ކުރި އެވެ. އަދި، ފުރަތަމަ ފަހަރަށް ޖޭސީއެމް ރެޖިސްޓަރޑް ޕްރޮޖެކްޓެއް ހިންގި ފަރާތަށް އެ ކޮލެޖުވެފައިވާކަން ފާހަގަ ކުރި އެވެ.

މީގެ އިތުރުން ގްރީން އިނިޝިއޭޓިވް ލޯންޗުކޮށް، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަނާ ކުރުމާއި ލައިބްރަރީގެ ހިދުމަތް ފުޅާކޮސް ބްލެންޑެޑް ލާނިން ތާރަފް ކުރި ކަމަށް އެ ކޮލެޖުން ބުނެ އެވެ.


އިތުރަށް ބުނީ، އެ ކޮލެޖުގެ އެންމެ ރަނގަޅަށް މަސައްކަތް ކުރާ ޑިޕާޓްމަންޓްތަކަށް މިއަހަރުވެސް ހާއްސަ ތިން އެވޯޑަކާއި އެންމެ ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް އެވޯޑުތަކެއް ދިން ކަމަށެވެ. ސްޓާފް އެކްސެލެންސީ އެވޯޑު ލިބުނީ ހަތަރު މީހަކަށެވެ.

އަދި، ބުނީ ކުރިއަށް ހުރި އަހަރު ތަކުގައިވެސް ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފޯރު ކޮށްދޭނެ ކަމަށެވެ.