ދުންޔާ މައުމޫން

މިނިވަންކަމަށް ގޮންޖެހުންތަކެއް އެބަ ދިމާވޭ: ދުންޔާ

ދިވެހިރާއްޖޭގެ މިނިވަން ކަމަށް އެތަށް ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގައުމީ ދުވަހު ދިވެހިންގެ އަމިއްލަ ވަންތަކަމާއި މިނިވަންކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތާއި ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގެ މި ދުވަސްވަރު ރާޢްޖޭގެ މިނިވަން ކަމަށް އެތަށް ގޮންޖެހުންތަކެއް ދިމާވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ޕެންޑަމިކް އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތި ދުވަސްވަރު ރާއްޖޭގެ މިނިވަން ކަމަށް އެތަށް ގޮންޖެހުންތަކެއް އެބަ ދިމާވޭ،" ދުންޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަން ކަމަށް އެތަށް ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުންވެސް ވަނީ ޓްވީޓް ކުރައްވާފައެވެ.

މިއަދު ފާހަގަކުރަމުން މި ގެންދަނީ ދިވެހިންގެ 77 ވަނަ ގައުމީ ދުވަހެވެ.