ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 37 އަރައިފި

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ. އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޔަގީންކޮށްދީފަ އެވެ.

އެޗްޕީއޭ އިން ދާދި ދެންމެއަކު ބުނީ މިއަދު މެންދުރު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިއަ 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއަދުގެ މަރާއެކު ކޮވިޑު ޖެހިގެން ރާއްޖޭގައި މަރުވި މީހުން އަދަދު ވަނީ 37 އަށް އަރައިފަ އެވެ.

ކޮވިޑްގައި އިއްޔެވެސް ދިވެއްސަކު ވަނީ މަރުވެފައެވެ. އިއްޔެ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިއަ 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 11،170 އިން މައްޗަށް އަރާފައިވާއިރު، ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ދަށަށް ދާން ފަށައިފަ އެވެ. އަތޮޅުތަކުން 20 ރަށެއްގައި 69 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 19 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 25 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.