ތިން ލަނޑުގެ ލީޑެއްގައި އޮތް އިރު މެޗުގެ އެންމެ ފަހު ކޮޅު ލީޑް ގެއްލިގެން ދިޔައީ، ޓޮޓެންހަމް ހޮޓްސްޕާސްގެ ކުޅުންތެރި ނަފުސާނީ ގޮތުން ބަލިކަށި ވުމުން ކަމަށް ސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
ހެރީ ކޭން އާއި ސަން ހިއުންގްމިންގެ ލަނޑުތަކުން ސްޕާސްއިން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖާހަފަ އެވެ. ކޭން ދެ ލަނޑު ޖެހި އެވެ. މެޗުގެ 82 ވަނަ މިނެޓާ ހަމައަށް ޓޮޓެންހަމް ތިން ލަނޑުގެ ލީޑެއް އޮތެވެ. މެޗުގެ 82 ވަނަ މިނެޓްގައި ފަބިއަން ބަލްބު އޭނާ ވެސްޓްހަމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ. އޭގެ ދެ މިނެޓް ފަހުން ސްޕާސްގެ ޑެވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ލަނޑު ވަދެ ވެސްޓަހްމައިން ނަތީޖާ ނަތީޖާގެ ފަރަގު ކުޑަ ކުރި އެވެ. ވެސްޓްހަމްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު މިނެޓްގައި މެނެއުލް ލަންޒިނީ އެވެ. ޓޮޓެންހަމްގެ އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ވައްދާލީ ގޯލްގެ މަތީ ކަނަށެވެ.
"ފުރަތަމަ ގޯލް އަހަރެމެން ކޮޅަށް ވަނީ މެޗުގެ ކޮންޓްރޯ އަހަރެމެން އަތުގައި އޮއްވައި. އެ ޓީމުގެ ގޯލު ޖެހުމުން އެ ޓީމުގެ ގަބޫލު ކުރަން އިތުރުވި. އަހަރެންގެ އެކަމަށް ކުރިމަތި ލެވޭވަރަށް ނަފުސާނީ ގޮތުން ހުންނަން ޖެހޭ ވަރުގަދަކަން އަހަރެމެންގެ ކުޅުންތެރިންގެ ކިބައިން ނުފެނުނު،" މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ. "އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އަހަރެމެންނަށް ދެ ޕޮއިންޓް ގެއްލިގެން ދިޔައީ
މެޗުގެ ދެ ވަނަ ހާފުގައި ގެރެތު ބޭލް ވަނީ ދެ ވަނަ ފަހަރަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ޓީމަށް ކުޅެން ނުކުމެފަ އެވެ. ރޭ ގެ މެޗަކީ ލޯން އެއްބަސްވުމުގެ ދަށުން ރެއާލް މެޑްރިޑުން އޭނާ ސްޕާސްއަށް ބަދަލުވި ފަހުން އެ ޓީމުގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ. ކުޅެން ނުކުމެ ސްޕާސްއަށް ލިބުނު ހިލޭ ޖެހުމެއް ބޭލް ފޮނުވާލި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.