ހޯސޭ މޮރީނިއޯ

މޮރީނިއޯ ޓޫހުލްއަށް ޕްރެޝަރު ކުރަން ފަށައިފި

މޮރީނިއޯ
0%
0%
0%

ޗެލްސީގައި ކާމިޔާބު ހޯދަން ފަސޭހަ ވާނެ ކަމަށް ބުނެ، ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ، ޗެލްސީގެ މިހާރުގެ ކޯޗް ތޯމަސް ޓޫހުލްއަށް ޕްރެޝަރު ކުރަން ފަށައިފި އެވެ.

މޮރީނިއޯ ވަނީ، ޗެލްސީގައި ކޯޗް ކޮށްދިން ދެ ޕީރިއަޑްގައި ޕްރިމިއާ ލީގް ތިން ފަހަރަށް ކާމިޔާބު ކޮށްފަ އެވެ. މޮރީނިއޯގެ ޓޮޓެންހަމް މިރޭ ނުކުންނާނީ ޗެލްސީ އާ ދެކޮޅަށެވެ.

މޮރީނިއޯ ބުނީ، ޗެލްސީގައި އޮންނަ ފައިނޭންޝިއަލް ބެކިން އާއެކު އެ ކުލަބުގައި ކާމިޔާބު ހޯދަން ފަސޭހަ ވާނެ ކަމަށެވެ. ފްރޭންކް ލަމްޕާޑް ޗެލްސީގެ ކޯޗް ކަމުން ވަކި ކުރުމުން އެ ޓީމުގެ މަގާމާ ހަވާލުވި ޕީއެސްޖީގެ ކުރީގެ ކޯޗް ޓޫހުލް ޗެލްސީއަށް ކޯޗް ކޮށްދޭ ތިން ވަނަ މެޗަށް މިރޭގެ މެޗު ވާނެ އެވެ.

"އަހަންނަށް ހީއެއް ނުވޭ ޗެލްސީއަށް ކޯޗް ކޮށްދިނުމަކީ އެހާ އުނދަގޫ ކަމެއްހެނެއް ސަބަބަކީ އަހަރެން އެ ކުލަބުގައި ތިން ފަހަރަށް ލީގް ޗެމްޕިއަންކަން ހޯދިން [ކާލޯ] އަންޗެލޯޓީ ވެސް ޗެލްސީގައި ލީގް ހޯދި، އެންޓޯނިއޯ ކޮންޓޭ އަކީ ވެސް ޗެލްސީގައި ޗެމްޕިއަނެއް،" މޮރީނިއޯ ބުންޏެވެ.

"ޗެލްސީގައި ތަށި ހޯދުމަކީ އުނދަގޫ ކަމެއް ނޫން ސަބަބަކީ އަހަރެމެން (ތިން ކޯޗުން) އެ ކުލަބުގައި ކާމިޔާބު ހޯދާފައި ވާނެ. ޗެލްސީގައި އަބަދުވެސް ރަނގަޅު ކުޅުންތެރިންތަކެއް ތިބޭނެ. ރަނގަޅު ކޯޗުން އުފާވާނެ އެކަހަލަ ކުލަބުތަކުގައި މަސައްކަތް ކުރަން އަދި އެކަހަލަ ކުޅުންތެރިންތަކެއް ސަބަބުން ކާމިޔާބު ހޯދަން ގިނަ ފުރުސަތުތަކެއް ތަނަވަސް ވާނެ."

މޮރީނިއޯ ބުނީ، ޓޫހުލްއަށް ވަގުތު ބޭނުން ވާނެ ކަމަށާއި އަދި ހަމަޖެހުންވެސް ބޭނުންވާނެ ކަން އޭނާ ގަބުލު ކުރާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345