ހަބަރު

ނަޝީދުގެ މައްސަލާގައި ފުރަތަމަ ދުވަހު އެއްބަސްވުމަކަށް ނާދެވުނު

Oct 15, 2015
1
ރައީސް ނަޝީދު މިއަދު ކޯޓަށް ވަޑައިގަތުމަށްފަހު އެނބުރި ޖަލަށް ވަޑައިގަންނަވަނީ --
0%
0%
0%

ޖަލުގައި ހުންނަވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ނުކުރެވޭތީ އާއިލާގެ މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރީއަތް ފެށުމުގެ ކުރިން ސުލްހަވެރި ހައްލެއް ހޯދަން ބޭއްވި ބައްދަލުވުމުގައި އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވި އެވެ.

ޑިސްޓިބިއުޓް ރިޒޮލިއުޝަން އުސޫލުން މިއަދު އެ ބައްދަލުވުމަށް ރައީސް ނަޝީދު ވެސް ވަޑައިގެންނެވި އިރު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު ހުށަހެޅި އެ މައްސަަލަ މިއަދު ނިންމާލި އިރު އެބަސްވުމަަކަށްނާދެވުނެވެ. ދެ ވަނަ ބައްދަލުވުން ތާވަލުކޮށްފައި ވަނީ އާދީއްތަ ދުވަހަށެވެ.

ކުރިން ކަރެކްޝަނުން ހަމަޖައްސާފައި އޮންނަނީ ރައީސް ނަޝީދުގެ އާއިލާގެ މީހުންނާ ބައްދަލުކުރެވޭ ގޮތަށެވެ. ނަމަވެސް އޭގެ ފަހުން ކަރެކްޝަނުން ވަނީ އެ އުސޫލު ބަދަލުކޮށް އެމަނިކުފާނާ ބައްދަލު ކުރެވޭނީ މައިން ބަފައިންނާއި އަނބިދަރިންނަށް ކަމުގައި ހަމަޖައްސާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖަޑާ

ޠިމިންގަޑުަހަމަ ރަނަޅު!!!!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910