ހަބަރު

ނަޝީދުގެ އާއިލީ ބައްދަލުވުންތައް ކުރިޔަށް ގެންދަން އެއްބަސްވެއްޖެ

Oct 18, 2015
ރައީސް މުހައްމަދު ނަޝީދު: ދެން އާއިލާގެ ބޭފުޅުންނާ ބައްދަލު ކުރެއްވޭނެ
0%
0%
0%

ޖަލުގައި 13 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރެއްވުމުގައި ހުންނެވި ކުރީ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ދެ ފަރާތުން އެއްބަސްވެއްޖެ އެވެ.

ނަޝީދުގެ އާއިލާގެ ފަރާތުން، ނާޒިމް އަބްދުއް ސައްތާރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޑިސްޓިބިއުޓް ރިޒޮލިއުޝަން މަރުހަލާ ދެވަނަ ދުވަހަކަށް ދެމިގެން ގޮސް މިއަދު ނިންމާފައި ވަނީ ކުރިންވެސް ބައްދަލު ކުރެވޭގޮތަށް އަނބި ކަނބަލުން ނާއި ބޭފުޅުންނާއި މަންމަ އާއި ބައްޕަ އާއި ބޮޑު ބޭބެ އަދި ބޮޑު ދައިތައިންނާއި ކޮއްކޮ އިންނަށް ރައީސް ނަޝީދާ ބައްދަލު ކުރެވޭ ގޮތަށެވެ.

މި އެއްބަސްވެވުނު ގޮތަކީ ކުރިން ވެސް އޮތް ގޮތެވެ. ނަމަވެސް އޭގެ ފަހުން ވަނީ ޖަލުގައި ހުންނަވާއިރު ބައްދަލު ކުރުމުގެ އުސޫލު ކަރެކްޝަނުން ބަދަލުކޮށް އެމަނިކުފާނާ ބައްދަލު ކުރެވޭނީ މައިން ބަފައިންނާއި އަނބިދަރިންނަށް އެކަނި ކަމުގައި ހަމަޖައްސާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910