ރައީސް މުހައްމަދު ނަޝީދު

ޖަލުގައި ހުރި ނަޝީދުގެ ތަކެތި އާއިލާއަށް ދޫކޮށްފި

ނަޝީދު: އެމަނިކުފާނުގެ ތަކެތި ވަނީ ދޫކޮށްފަ. -- ފޮޓޯ: އޭއެފްޕީ
75%
0%
25%

މާފުށީ ޖަލުގައި ހުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތަކެތި މިއަދު ކަރެކްޝަނަލް ސާވިސްއިން އޭނާގެ އާއިލާއަށް ދޫކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ތަކެތި ޖަލުން ދޫކޮށް، އާއިލާއާ ހަވާލުކޮށްފައިވަނީ މިއަދު އެވެ. ނަމަވެސް އޭގެ ތަފްސީލެއް ކަރެކްޝަނަލް ސާވިސްއިން ވެސް އަދި އެމަނިކުފާނުގެ އާއިލާއިން ވެސް ނުލިބެ އެވެ.

މާފުށީ ޖަލުން ރައީސް ނަޝީދުގެ ތަކެތި ދޫކޮށްފައިވާއިރު އެމަނިކުފާނު މާދަމާ ރާއްޖެ ވަޑައިގެންނެވުމަށް ވަނީ ނިންމާފަ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ނަމަވެސް ހައްޔަރުކޮށްގެން ނުވާނެ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

އެ ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި އަންގާފައިވަނީ ރައީސް ނަޝީދުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށެވެ. ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހިފެހެއްޓި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ރިވިއުކޮށް ދޭން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

ރައީސް ނަޝީދު 2015 ވަނަ އަހަރު ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިނުގަންނަވަ އެވެ. ބޭރުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ކުރެއްވި އެވެ.

މީގެކުރިން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. އެ މައްސަލަ އެ ދެ ކޯޓުގައި އިސްތިއުނާފު ކުރީ ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުންނެވެ. އިސްތިއުނާފުގެ ހައްގު ރައީސް ނަޝީދު ބޭނުންފުޅު ނުކުރައްވަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝަންނު

ކަންތަކާ ލައިގަތީ... އޭނަގެ އެއްޗިސް އެތާ ހުރެގެން ވީ ކޮންކަމެއް. އަމިއްލަ އަށް މިނިވަނެއް ކަމަށް ހެދިގެން ރާއްޖޭން ބޭރުގަ އުޅުނީ މިއޮއް ހުރިހާ ދުވަހު. ތި އަންނި މުޅި އުމުރަށް ޖަލަށް ލާފަ ބަހައްޓަންވީ. ތީ މިޤައުމުގެ ހަލާކު. ދެން ބައެއް ރައްޔިތުންނަށް މިީނާ އަކީ ކަލާނގެ ކަމަށް ހީވިޔަސް ތި އަންނި އަކީ ތަނެއްގަ ހުރި މަރުމޯލެއް. އެއްވެސް އުރަތްޕެއް ނެތް މީހެއް. ދެން މިއަދު ރީނދޫކުލައިގެ ހުންޖެހިފަ ތިބި މީހުން ވަޖިދު ވާން ތައްޔާރުވޭ..

ޙަސަނޮ

ރަސޫލާ ގަބޫލު ނުކުރާ ދައްޖާލު އަރަނީ.

ބޮހަސަނު

ކަލެއަށްތަ މީހުންގެ ހިތުގައި އޮންނައެއްޗެއްވެސް އެންމެ މޮޅަށް އިގެނީ؟

އަލިބެއްޔާ

ތިޔަތަކެތި އެތަނުގަބަހަށްޓައިގެން މިއޮށްހުރިހާދުވަހުބެލެހެއްޓީމަ އެއަށް ކުއްޔެއް ދަށްކަންޖެހޭނެކަމަށް ގަބޫލުކުރެވޭ

ހަބީބު

ޔާމިނު އަތުން ކުލިހޯދާ ވަރިހަމަ ކަދުރާ ޕެނަޑޯލު ވިއްކައިގެން ވިޔަސް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910