ކްރިމިނަލް ކޯޓް

އާޒިމާގެ ޝަރީއަތް ޝެޑިއުލަށްލައިފި

Oct 19, 2020

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ޝެޑިއުކޮށްފި އެވެ.

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވެވި އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމައި ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ.

މާދަމާ އޮންނަ ޝަރީއަތް ކްރިމިނަލް ކޯޓުގައި ޝެޑިއުކޮށްފައި ވަނީ 10:30 އަށެވެ. މާދަމާ ވެސް އޮންނާނީ ޕްރިލިމިނަރީ އަޑު އެހުމެކެވެ.

މި ދެ މައްސަލަގައި މި މަހުގެ 11 ވަނަ ދުޗަހު ވެސް އަޑު އެހުމެއް އޮތެވެ. އެ އަޑުއެހުމުގައި އާޒިމާ ވަނީ އަލުން ޕްރިލިމިނަރީ އަޑުއެހުންތައް ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ.