އާޒިމާ ޝަކޫރު

އާޒިމާގެ ޝަރީއަތް މާދަމާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރަަށް ކުރާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ. ކްރިމިނަލް ކޯޓުގައި އެ އަޑުއެހުންތައް ފެށޭނީ މާދަމާ ހެނދުނު 9:00 ގައެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަަށް ކަނޑައަޅައިދިނުމަށް އެދި އާޒިމާ ވަނީ ހައިކޯޓާއި ސުޕްރީމްކޯޓަށް މައްސަލަ ހުށައަޅާފައެވެ. ނަމަވެސް ދެ ކޯޓުންވެސް ނިންމީ އާޒިމާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމަށްފަހު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.