ޗެމްޕިއަންސް ލީގް

ޕީއެސްޖީއާ ދެކޮޅަށް ކަވާނީއަށް ނުކުޅެވޭނެ

މެންޗެސްޓާ ޔުނައިޓެޑްގެ އާ ފޯވަޑް، އެޑިންސަން ކަވާނީގެ ކުރީގެ ކުލަބު ޕީއެސްޖީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ ސްކޮޑުން އޭނާ ބާކީ ކޮށްފި އެވެ.

ޕީއެސްޖީގައި ހަތް އަހަރު ހޭދަ ކުރުމަށް ފަހު، އުރުގުއޭގެ ފޯވަޑް ޔުނައިޓެޑަށް ބަދަލުވީ، މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި އެންމެ ފަހު ދުވަހު ހިލޭ ޓްރާންސްފާއެއްގަ އެވެ. ޕެރިހަށް ދަތުރު ކުރި ޔުނައިޓެޑްގެ ސްކޮޑްގައި ކަވާނީ، 33 ހިމަނާފައެއް ނުވެ އެވެ. ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނީ، ޕީއެސްޖީއާ ދެކޮޅަށް ކުޅެން ކަވާނީ ތައްޔާރު ނުވާ ކަމަށެވެ.

"އަހަރެމެންވެސް ބޭނުންވި އޭނާވެސް ޓީމުގައި ހިމަނަން،" ފްރާންސްގެ އާރްއެމްސީ ސްޕޯޓްސް އާ ވާހަކަ ދައްކަމުން ސޮލްޝަޔާ ބުންޏެވެ. "ނަމަވެސް އޭނާ ހުރީ ގިނަ ދުވަސްތަކެއް ވަންދެން މެޗެއް ނުކުޅެ. އަހަރެމެން ވިސްނީ އޭނާއަށްވެސް އެންމެ ރަނގަޅު ވާނެޔޭ ޓްރެއިނިންތައް ކުރިއަށް ގެންދިއުމުގައި ދެމިހުރުން. ރަނގަޅަށް ތައްޔާރުވާން އެޑީ [ކަވާނީ] އަށް އަށް އެނގޭނެ އޭނާ ބޭނުންވާ ކަންކަމާއިި ކޮންމެހެން އޭނާ ކުރަން ޖެހޭނެ ކަންކަން. އޭނާއަށް އިހްސާސެއް ނުކުރެވޭ އެކަށީގެންވާ ވަރަށް އޭނާއަށް މެޗަށް ތައްޔާރު ވެވުނު ކަމަކަށް."

މިދިޔަ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ފުލުކޮށް ކުޅެ ރަނގަޅު ކުޅުމެއް ދެއްކި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގްއާވެސް މެޗުގެ ސްކޮޑުގައި ހިމަނާފަ އެއް ނުވެ އެވެ. އެހެންނަމަވެސް ޓީމަށް އަލަށް ސޮއި ކުރި އެލެކްސް ޓެލެސް އަދި ފަކްންޑޯ ޕެލިސްޓްރީ ވަނީ ސްކޮޑުގައި ހިމާނާފަ އެވެ.

ޕީއެސްޖީއަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތި ވެފަ އެވެ. މާކޯ ވެރާޓީ، މައުރޯ އިކާޑީ، ތިލޯ ކޭހާ އަދި ހުއާން ބާނެޓްއަށް މިރޭގެ މެޗުގައި ނުކޫޅެވެނެ އެވެ.

ޕެރިސްގެ ޕާކް ޑެސް ޕްރިންސެސްގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގަ އެވެ.