ޗެމްޕިއަންސް ލީގް

ޕެރިހުގައި ޔުނައިޓެޑް މޮޅުވެއްޖެ

ޕެރިހުގައި އެ ސިޓީގެ ޕީއެސްޖީއާ ދެކޮޅަށް، މާކޯސް ރަޝްފާޑް ފަހު ވަގުތު ކާމިޔާބު ކުރި ލަނޑު 2-1 މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ޕީއެސްޖީ އާއި ޔުނައިޓެޑްގެ މެޗުން ހަނދާން ކޮށްދެނީ، އެއް ސީޒަންގެ ކުރިން ޗެމްޕިއަންސް ލީގްގެ ދެވަނަ ބުރުގައި ކުޅުނު މެޗެވެ. ދެ ލެގްގެއެއްވަރުވީ 3-3 އެގްރިގޭޓް ނަތީޖާއިންނެވެ. ޔުނައިޓެޑް ކްއާޓާ ފައިނަލަށް ދިޔައީ ޕެރިހުގެ ޕާކް ޑެސް ޕްރިންސެސްގައި ކުޅުނު މެޗުގެ އިތުރު ވަގުތގެ ފަހު މިނެޓްގައި ރަޝްފާޑް ކާމިޔާބު ކުރި ޕެނަލްޓީ އާއެކު އަވޭގޯލްގެ ފައިދާއިންނެވެ.

ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ މެޗު ސިފަ ކުރީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް ލިބުނު މޮޅެއްގެ ގޮތުގަ އެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ޔުނައިޓެޑުންނެވެ. އެ ޓީމުގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ބުރުނޯ ފެނާންޑޭޒް އެވެ. ޕީއެސްޖީގެ ލަނޑަކީ ދެ ވަނަ ހާފުގައި އެންތޮނީ މާޝިއަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރަޝްފާޑް ލަނޑު ކާމިޔާބު ކުރީ 87 ވަނަ މިނެޓްގައި ޕައުލް ޕޮގްބާ ކާމިޔާބު ކުރި ލަނޑުންނެވެ.

ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގްއާ އަށް އަނިޔާގެ ސަބަބުން ބައިވެރި ނުވެވުނު މެޗުގައި ޔުނައިޓެޑްގެ ސެންޓްރަލް ޑިފެންޑަރަށް ކުޅުނީ ވިކްޓާ ލިންޑްލެފް އާއި އެކްސެލްޓްާންޒެބޭ އަދި ލޫކް ޝޯ އެވެ.

ޗެލްސީ އާއި ސެވިއްޔާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެނެވެ.