އެމެރިކާ

މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވަނީ

Oct 20, 2020

އެމެރިކާގެ ހާރިޖީ ވަޒީރު ނުވަތަ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯގެ އިންޑިއާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ލީކްވެފައިވާ ދަތުރު ޑްރާފްޓަކާ ހަވާލާ ދީ އިންޑި އާއި ސްރީލަންކާގެ ބައެއް ނޫސްތައް ބުނާ ގޮތުން މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަ ވަނީ އޭނާ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަށް ފަހު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ހިމެނޭ ބައެއްގެ ގޮތުގަ އެވެ.

މައިކް ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވާނެ ދުވަސް އެއިން އެއްވެސް ނޫހަކުން ވެސް ބުނެފައެއް ނުވެ އެވެ. ނަމަވެސް ނޮވެމްބަރު 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރީން މައިކް ޕޮމްޕިއޯގެ އެ ދަތުރުފުޅު ފައްޓަވައި ރާއްޖެ ވަޑައިގަންނަވާނެ އެވެ.

މީގެ ކުރިން ވެސް އެމެރިކާގެ ބައެއް ހާރިޖީ ވަޒީރުން ރާއްޖެ ވަޑައިގެންފައި ވެއެވެ.