ޔައުގޫބު އަބްދުﷲ

ޔައުގޫބަށް މަޖިލީހަށް ނުދެވޭނެ އަމުރެއް ނުދިން

Oct 21, 2020
1

މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ މެންބަރު ކަން ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން މަޖިލީހަށް އޭނާ ހާޒިރުވުން މަނާ ކުރުމުގެ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

މިއަދު ސުޕްރީމް ކޯޓްގައި ކުރިޔަށް ގެންދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ކޯޓަށް ވެއްދި މުހައްމަދު ހަލީމާއި އާދަމް ޝަރީފް އެ އަމުރު ނެރެ ދެއްވަން އެދި ވަޑައިގަތެވެ. ނަމަވެސް މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުން އެންގީ އެފަދަ އުމަރެއް ނެރެދެވެން ނެތް ކަމަށެވެ. އަމުރު ދެވެން ނެތީ އެއީ ޔައުގޫބަށް އޭނާގެ މެންބަރު ކަމުގެ ހައްގު ހަނިވާނެތީ ކަމަށެވެ.

މެންބަރު ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ޔައުގޫބު ހަވާލުވެވަޑައިގަތުމާ ގުޅިގެނެވެ. ނަމަވެސް އެކަމާ ސުވާލުތައް އުފެއްދި ފަހުން އޭނާ ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ.

ޔައުގޫބާ ގުޅޭ މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި އައިޝާ ޝުޖޫން މުހައްމަދު އާއި ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދާއި މަހާޒް އަލީ ޒާހިރެވެ. ރިޔާސަތުގައި އިންނަވަނީ ސުއޫދެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ އަކުރު (ރ) ބުނާ ގޮތުން މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދައެއް ނުކުރެވޭނެ އެވެ.