ދިރާގު

ދިރާގު ޓީވީގެ ހިދުމަތް މުއްޔަށް

ދިރާގުގެ ޑިޖިޓަލް ޓީވީގެ ހިދުމަތް މ. މުލީގައި ދޭން ފަށައިފި އެވެ.

ދިރާގުން ފޯރުކޮށްދޭ އެ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް މުލީގައި ފެށީ މިއަދު އެވެ. އެ ކުންފުނިން މިއަދު ބުނީ، ޓީވީގެ ހުރިހާ ޗެނަލަކާއި އޮން-ޑިމާންޑްގެ ކޮންޓެންޓްތައް އަގާއި ކޮލިޓީގެ ތަފާތެއް ނެތި މިހާރު މުލީގައި ބެލޭނެ ކަމަށެވެ.

ދިރާގުގެ ސީނިއަ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ފުޅާކޮށް، ގިނަ ކަސްޓަމަރުންނަށް ދިރާގު ޓީވީ މެހައި ކޮލިޓީގައި ދިނުން ކަމަށެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ދޭންފެށި އައިޕީޓީވީގެ ހިދުމަތެވެ. މިހާރު ރާއްޖޭގެ ގޭބިސީތަކުގެ 75 ޕަސެންޓަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި 54 ރަށް ހިމެނެ އެވެ.