ވިޔަފާރި

އުރީދޫ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓު ވިލިމާލެއަށް

Oct 21, 2020

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ވިލިމާލެއަށް ދީފި އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި ގޮތުގައި 100 އެމްބީޕީއެސްއާ ހަމައަށް ހަލުއި ސްޕީޑާއެކު ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ވިލިމާލޭގެ ރައްޔިތުންނަށް މިހާރު ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ދަނޑިވަޅަކީ އާންމު ދިރިއުޅުމުގެ ކަންކަމާއި ވިޔަފާރިތަކުން ދޭ ހިދުމަތްތައް ވެސް ޑިޖިޓަލް ހިދުމަތްތަކަށް ބަރޯސާވާ މިންވަރު މަތި ދުވަސްވަރެއް ކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުން ފާގަތިކޮށް ކުރިއެރުންތައް ހޯދައި ދިނުމަށް އެފަދަ ގިނަ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖުތައް އަޕްގްރޭޑް ކޮށްފަ އެވެ. އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް އިތުރު ސްޕީޑާއެކު 68 ޕަސެންޓްއާ ހަމައަށް އިތުރު ޑޭޓާ އަދި ހަލުއި އިންޓަނެޓު ލިބެ އެވެ.