ހަބަރު

އާޓް ގެލެރީ ހުޅުވާލައިފި

Oct 21, 2020

ނެޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ހިންގާ އާޓް ގެލެރީ އަލުން ހުޅުވާ އެގްޒެބިޝަންތަކާއި ހަރަކާތްތައް ބާއްވަން ނިންމައިފި އެވެ.

އެންސީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑާ ގުޅިގެން އެންސީއޭގެ ހަރަކާތްތައް މެދުކަނޑާލުމަށް ފަހު އާ އާއްމު ހާލަތުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހަރަކާތްތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މޯލްޑިވިއަން އާޓް ކޮމިއުނިޓީ (މެކް) އިން މިއަދު ވަނީ އެމީހުންގެ ކޮންޓެމްޕަރަރީ އާޓް އެގްޒިބިޝަން "އަންވެއިލިން ވިޝަންސް" ބާއްވާ ތާހީރު ވެސް އިއުލާން ކޮށްފަ އެވެ. މެކް އިން ބުނި ގޮތުގައި، މި އަހަރުުގެ އެގްޒިބިޝަން ފަށާނީ މި މަހު 23 ގަ އެވެ. އަދި މި މަހު 29 އާ ހަމައަށް ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ހުޅުވާފައި ހުންނާނެ އެވެ.

އާޓިސްޓުންގެ މި އެގްޒިބިޝަން އަކީ މި ފަހުން ރާއްޖޭގައި ބާއްވަން ފެށި އެންމެ ބޮޑު އާޓް އެގްޒިބިޝަނެވެ.