ބާރަށް

ބޮޑު އަދަދަކުން ބާރަށު ކައުންސިލް ޖޫރިމަނާކޮށްފި

ހއ. ބާރަށުން ގަވާއިދާ ހިލާފަށް ރުއް ގަސް ކެނޑުމާއި އުފުރުމާއި އަދި އެ ރަށުން ރުއް ބޭރުކޮށްފައިވާތީ ބާރަށު ކައުންސިލް ޖޫރިމަނާ ކޮށްފި އެވެ.

އީޕީއޭއިން ބާރަށު ކައުންސިލް ޖޫރިމަނާކޮށްފައިވަނީ 191،250 ރުފިޔާއިންނެވެ. އެ އެޖެންސީން މިއަދު ބުނީ ބާރަށު ހޭޅިފަޅުން އަދި ރަށުގެ އެހެން ސަރަހައްދުތަކުން ގަވާއިިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއް ގަސް ކެނޑުމާއި އުފުރުމާއި އަދި އެ ރަށުން ރުއް ބޭރުކޮށްފައިވާތީފައިވާތީ އެ ކައުންސިލް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ބާރަށު ކައުންސިލް ޖޫރިމަނާ ކޮށްފައިވަނީ ރުއް ގަސް ކެނޑުމާއި އުފުރުމާއި އަދި އެ ރަށުން ރުއް ބޭރުކޮށްފައިވަނީ ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައިނުވާތީ އެވެ.

އީޕީިއޭއިން ވަނީ ކުރިއަށް އޮތް ތިރީސް ދުވަހުގެ ތެރޭގަިއ 191،250 ރުފިޔާ އީޕީއޭއަށް ދެއްކުމަށް ބާރަށު ކައުންސިލަށް އަންގާފައެވެ.