ހަބަރު

ނަޝީދު މިނިވަން ކުރަން ގޮވާލައި އެމްޑީޕީން މުޒާހަރާކޮށްފި

Oct 16, 2015
3
ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން މިއަދު މުޒާހަރާ ކުރަނީ: މި މުޒާހަރާ ރާއްޖޭގެ ރަށްރަށުގައިވެސް ބޭއްވި ކަމަށް އެމްޑީޕީން ބުނޭ -- އަވަސް ފޮޓޯ: މޫސާ ރަޝީދު
0%
0%
0%

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން މިއަދު މާލޭގައި މުޒާހަރާކޮށްފި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން މިއަދު މާލެ އާއި ރަށްރަށުގައި ވެސް މުޒާހަރާކުރި އެވެ. މި މުޒާހަރާކޮށްފައި ވަނީ "ކޮންމެ ރަށެއްގައި މުޒާހަރާ" މިނަމުގަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ބޭއްވި މުޒާހަރާ ފެށީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ ހަރުގޭގެ ކުރިމަތިންނެވެ.

މި މުޒާހަރާ އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ޕާޓީގެ މެންބަރުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔައީ މާލޭގެ ބައެއް ހަނި މަގުތަކުގަ އެވެ.

މި މަގުތަކުން ދިޔައިރު ނަޝީދުގެ މައްސަލާގައި އދ. ގެ ވޯކިން ގްރޫޕްން ނިންމާފައިވާ ނިންމާ ނިންމުން ތަންފީޒުށްދީ ނަޝީދު ދޫކޮށްލުމަށް ގޮވާލި އެވެ. އަދި ބައެއް ސަރަހައްދުތަކަށް ހުއްޓި ޕާޓީ ބައެއް އިސް ބޭފުޅުން ވާހަކަ ވެސް ދެއްކެވި އެވެ.

މިއަދުގެ މުޒާހަރާގައި މީގެ ފަހުން ކޮންމެ ދުވަހަކު މުޒާހަރާ ކުރާނެ ކަމަށާއި އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ބޮޑު މުޒާހަރާއެއް ކުރާނެ ކަމަށް ވެސް އިއުލާން ކުރި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދައިތަ

ރައީސް ޔާމީން އާއި އަބްދުއްލާ ގާޒީ އާއި ބައްދަލު ކުރި މައްސަލައިގައި ރޮޒެއިނާ ބުނާ އެއްޗަކަށް ޖަވާބު ދޭކަށް ނުޖެހޭނެ މިސަރުކާރުން. ސަބަބަކީ މިސަރުކާރު ގެންނަން ވޯޓް ދިން މީހެއް ނޫން ރޮޒެއިނާ އަކީ. އެހެން ކަމަށްވާނަމަ އަބްދުއްލާ ގާޒީ އާއި ރައީސް ޔާމީން ބައްދަލު ކުރެއްވި ގޮތުގެ ތަފްސީލް ސަރުކާރުން ދޭން ޖެހޭނެ ކަމަށް ބުނުމުގެ އެއްވެސް ލެޖިޓިމޭޓް ބާރެއް ރޮޒެއިނާ އަށް އޮވެގެން ނުވާނެއެވެ. ރޮޒެއިނާ އެޖަވާބު ހޯދަން ބޭނުންނަމަ ޕީޕީއެމް އަށް ސޮއި ކޮށް އަދި ޕީޕީއެމްގައި 5 އަހަރު ދުވަސް ވޭތު ކުރަންވީ އެވެ. އެއިރުން އޭގެ ޖަވާބު 5 އަހަރު ފަހުން ލިބޭނެ ރޮޒެއިނާ ދައްތަ އަށް...

ކުރަންވީ

އެމްޑީޕީގެ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކޮންމެ ދުވަހަކު ކުރާނެ ކަމަށް އެމްޑީޕީން އިއުލާން އެކުރަނީ އެއީ އަވަށްޓެރި ބޮޑު ގައުމެއްގެ އެމްބަސީގެ އެމްބެސެޑަރަކު ވެސް އެކަމަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވައިގެން ނެވެ. އެމީހުން ބޭނުން ވަނީ ލަންކާގެ ރާޖާ ޕަކްސާގެ ސަރުކާރު އެމީހުންނަށް ވައްޓާލެވުނީމާ އެތިއަރީ ބޭނުން ކޮށްގެން ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލަން. އެކަން އެހެން ވެގެން ނުވާނެއެވެ. އެކަމަށް އެބަޖެހޭ ހުއްޓުމެއް އަންނަން. ޕީޕީއެމް އާއި އެމްޑީއޭ އާއި އަދި ޖޭޕީ އެއްކޮށްގެން ވަރުގަދަ ކޯލިޝަނެއް އުފައްދަންވީއެވެ. އަދި އަދާލަތަށް ވެސް އެކުވެރި އަތެއް ދިއްކޮށްލައިގެން އަދާލަތު ވެސް ޕީޕީއެމް އަށް އޮން ބޯރޑް ކުރުމަށް ފަހު އަދާލަތުގެ ރައީސް ޝޭޚް އިމްރާން އަށް ރާއްޖޭގެ ސޯޝަލް ރިލޭޝަންސް ރަނގަޅު ކުރުމަށް ޓަކައި މިނިސްޓްރީ އެއް އުފައްދާ އެފަދަ މިނިސްޓްރީ އެއްގެ މިނިސްޓަރު ކަން ޝޭޚް އިމްރާން އަށް ދެއްްވަންވީއެވެ. އަދި ޖޭޕީގެ ގާސިމް އިބްރާހިމް ގެ ބެލުމުގެ ދަށުން މާލެ ސަރަހައްދުގައި ޗައިނާ އާއި ޖަޕާން އާއި އަދި ސައުދީ ގެ ބޭންކް ތަކުން ލޯން ނަގައިގެން މާލެ ސަރަހައްދުގައި އަހަރަކު 30 ހާސް ހައުސިންގް ޔުނިޓްސް އާއި އަދި މާލެ ސަރަހައްދުން ތިލަފުށި ވެސް އެމްޓީސީީސީ މެދުވެރިކޮށް ހިއްކާ އެތަނުން 5000 އަކަފޫޓްގެ 1000 ގޯތި ކޮންމެ އަހަރަކު އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ އުސޫލުން ކުރިއަށް އޮތް 100 އަހަރު ދުވަސް ތެރޭގައި ކުއްޔަށް ބަދަލެއް ނާންނާނެ އުސޫލުން އެފަދަ ބިން ތައް ތިލަފުށިން ހިއްކާ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތް ތަކަށް އެފަދަ ބިން ތައް ވެސް ދޭންވީއެވެ. އަދި ރާއްޖޭގައި މީޑިއާ ހިންގާ ހުރިހާ ފަރާތް ތަކަށް ހުޅުމާލޭން 2000 އަކަފޫޓްގެ ގޯއްޗެއް ކޮންމެ މީޑިއާ އަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުރިއަށް އޮތް 100 އަހަރު ދުވަހުން ހަމަވާނެ އުސޫލުން ހުރިހާ މީޑިއާ ތަކަށް ހުޅުމާލެ 1 އިން ބިން ވެސް ދޭން ވީއެވެ. އެޗްޑީސީ އަކަށް ނޫން އިނގޭނީ މިސަރުކާރު ދެމެހެއްޓުމަށް ޓަކައި ކުރާނެ ކަން ކަން..

ނޮޓް

ދައުލަތަށް ލިބޭ އާމްދަނީ އަށް ބެލުމެއް ނެތި މިސަރުކާރުން ނުހުންނާނެ އެއްގޮތަކަށް ވެސް ޚަރަދު ކޮށްފައި. އެކަން އެންމެ ފުރިހަމަ އަށް ލިބޭ އާމްދަނީ އަށް ބެލުމެއް ނެތި ދައުލަތުގެ ފައިސާ އިންތިހާ އަށް އިސްރާފު ކުރީ އެއީ އެމްޑީޕީގެ 3 އަހަރު ދުވަހުގެ ފަނާ ކުރަނިވި ވެރިކަމުގައި އެމްޑީޕީން ނެވެ. އެމްޑީޕީން އައްޑޫގެ ގަނބާ ކުޅިއެއްގެ މެދުގައި އަވާމެންދުރު ދެކިގެން ކޮށި އަރައިގަނެގެން އުޅޭ ބަޔަކު އުޅޭ އުސޫލުން އައްޑޫގައި ގާއިމް ކުރި ދަރުބާރުގެ އަކީ އެއީ ދައުލަތުގެ ބަޖެޓުން 2 ބިލިއަން ރުފިޔާ އިސްރާފު ކުރުން ނޫންތޯއެވެ. މިހާރު އައްޑޫ ދަރުބާރުގެ މިވަނީ ބޮޑު ބޮލުގެ ރިހުމަކަށް. އެތަން ގަންނާނެ ބަޔަކު ވެސް ނުވި. ފްރީ ހޯލްޑް އުސޫލުން ވެސް އެތަން ގަންނާނެ ބަޔަކު ނުވިއެވެ. އެހެން ނޫންތޯ ވާނީ މުސްތަގްބަލެއް ނެތް ތަނެއްގައި ހުރި އިމާރާތެއް ކޮން ބަޔަކު ތޯ ގަންނާނީ. އޭގެ ބަދަލުގައި އެފައިސާ އިން ހުޅުމާލޭގައި 24 ހާސް ހައުސިންގް ޔުނިޓްސް ގާއިމް ކުރިނަމަ މިއަދު ކިތައް މީހުންނަށް ބޯހިޔާ ވަހިކަން ލިބި އޭގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިންތިހާ އަށް އިތުރު ވެގެން ދާނެއެވެ. މިވަރުގެ ތަނެއް ދޮރެއް ނުދަންނަ ބަޔަކު އެމްޑީޕީ ގައި ތިބީ. ދެން އެމްޑީޕީން ރާއްޖޭގެ އިގްިތިސާދުގެ ވާހަކަ ދައްކައިގެން އެމީހުން ބުނާ ގޮތަށް ރާއްޖޭގެ އިގްތިސާދުގެ ކަންކަން ކުރާނަމަ ރާއްޖެ ހަލާކުވެދާނެ ނޫންތޯއެވެ. އެމްޑީޕީގައި އިގްތިސާދުގެ ކަންކަން އެހާ ރަނގަޅަށް ދަންނަ ބަޔަކު ތިބި ކަމަށް އެމީހުންގެ ޓްރެކް ރިކޯރޑް ތަކުން ނުދައްކާތީވެ އެމްޑީޕީ އަށް ރާއްޖޭގެ އިގްތިސާދީ ވާހަކަ ދެއްކުމުގެ ލިޖިޓިމަސީ އެއް ނޯންނާނެއެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910