އެމްއެންޑީއެފް

ސިފައިންގެ ތަމްރީނެއް ބުރާސްފަތީގައި

Oct 22, 2020

ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ އަސްކަރީ ތަމްރީނުތަކެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާތީ ދަތުރުވެރިން އެކަމަށް ސަމާލުވާން އަންގައިފި އެވެ.

އާންމުން ކަނޑުދަތުރުފަތުރު ކުރާ މީހުންގެ ސަމާލުކަން އެކަން ގެނައުމަށް އިއުލާނެއް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ އެ ދުވަހުގެ ހަވީރު 5:00 އިން ރޭގަނޑު 11:00 ކ. ތަނބުރުދޫ އާއި އަސްކަރީ ތަމްރީނުތަކަށް ސިފައިން ބޭނުން ކުރާ ގިރިފުށީގެ ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ތަމްރީނުތައް ސިފައިން ކުރިޔަށް ގެންދާނެކަން ސިފައިންގެއިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާ ގޮތް

  • ބޭނުންކުރާ ހަތިޔާރު: މިނީފްލޭއާ ޕެރަޝޫޓް ފްލޭއާ
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ދުރުމިން: 300 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އުސްމިން: 300 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީލެވެލް
  • ޑައިރެކްޝަން: ތަނބުރުދޫ އާއި ގިރިފުއްޓާއި ދިމާ މަތި

އެ ދުވަހުގެ އެ ގަޑިތަކުގައި އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އެ އިއުލާނުގައި އެދިފައި ވެއެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ވެސް ތިބެ އެވެ. އެކަމަކު މި ތަމްރީނުތަކުގައި ބައިވެރިވަނީ ހަމަ އެކަނި ދިވެހި ސިފައިން ކަމެއް ނުވަތަ ދިވެހި - އިންޑިއާ ސިފައިން ކަމެއް ސާފެއް ނުވެއެވެ.

މީގެ ކުރިން ސިފައިން ކުރިޔަށް ގެންދިޔަ މިފަދަ ތަމްރީނެއްގައި ކަނޑުމަތީގައި އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ގަޔަށް އުންޑަ އަރާ ޒަހަމްވެފައި ވެއެވެ. އަދި ގިރިފުއްޓާ ކައިރިން ހިންމަފުށީގެ ދެ ގެއަކަށް ވަޒަން އަމާޒުވެ އެކަން ތަހުގީގު ކުރަމުން ދާ ކަމަށް ބުނެފައި ވެއެ އެވެ.