ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވީ ނަމަވެސް، އެކަމުގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ ނުކުރަން ނިންމި ނިންމުމާ ގުޅިގެން ކަން ހިނގާދިއަގޮތް ބަލައި، މި މަހުގެ ނިޔަލަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ފާސްކޮށްފި އެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ މިހާރު މަގާމުން އިސްތިއުފާ ދެއްވާފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ހެކި ނެތް ކަމަށް ބުނެ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަމީން އިސްތިއުފާ ދެއްވާފައިވާތީ، އެމްޑީޕީގެ 26 މެންބަރުންގެ ސޮއި އާއެކު ހުށަހެޅުނު އިތުބާރުގެ މައްސަލަ ކުރިއަށް ނުގެންދެވުނު ނަމަވެސް، ވެންޓިލޭޓަރު ހޯދުމުގައި ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޕީޖީ އޮފީހާއި އޭސީސީ އާދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް މަޖިލީހުން ބަލަންޖެހޭކަމަށެވެ.
މިގޮތުން، ފުލުހުންނާއި އޭސީސީ ގުޅިގެން ކުރި ތަހުގީގާ ގުޅިގެން ޕީޖީ އޮފީހާ ދެމެދު ހިލާފު އުފެދިފައިވާތީ، އެކަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބެލުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"އެ ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ހޯދައި، ހައްގު އަދަބު ދެވި، ދައުލަތަށް ހޯދަންޖެހޭ ފައިސާ އަނބުރާ ހޯދައި، އެ މައްސަލަ ނިމެންދެން މި މަޖިލިސް ފާރަވެރިކަމާއެކު އޮތުމަކީ މަޖިލީހުގެ ގާނޫނީ ޒިންމާއެއް،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ އެދިވަޑައިގަތުމަށް ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ.
މިގޮތުން، އެ މައްސަލަ ކޮމިޓީން ނިންމާނެ ތާރީހެއް ކަނޑައެޅުމާ ގުޅޭގޮތުން، ގިނަ މެންބަރުން ހުށަހެޅުއްވީ މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ މައްސަލަ ނިންމުމަށެވެ.
އެ ހުށަހެޅުން އިއްޔެ ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން، ކޮމިޓީން ނިންމާފައިވަނީ ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން، ޕީޖީ ހުސެއިން ޝަމީމް ކޮމިޓީއަސް ހާޒިރުކޮށް މައުލޫމާތު ސާފު ކުރުމަށެވެ. ނަމަވެސް، އޭސީސީ މެންބަރުން ހާޒިރުނުކޮށް، ހަމައެކަނި އެ މައްސަލާގައި އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓަށް ރިއާއަތްކުރުމަށް ވެސް ކޮމިޓީން އިއްޔެ ނިންމި އެވެ.
ދައުވާ ނުކުރެވުނު ސަބަބު ސާފުކުރުމުގެ އިތުރުން، މަޖިލީހުގެ ރައީސްވެސް އެދިވަޑައިގެންނެވި ގޮތަށް އެކަމުގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން ކޮމިޓީގެ ހުށަހެޅުމަށް ހިމަނަން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުމާ ގުޅިގެން ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ފައިސާގެ ކަންކަމާ ގުޅޭ މައްސަލަތައް ބެލުމަކީ ކޮމިޓީގެ މެންޑޭޓު ތެރޭގައި ނުހިމެނޭ ކަމެއް ކަމަށެވެ. އެހެންކަމުން، ފައިސާ އަނބުރާ ހޯދުމާގުޅޭ ކަމެއް ކޮމިޓީން ނުނިންމޭނެކަމަށް އިންތި ފާހަގަކުރެއްވި އެވެ.
ނަމަވެސް، ހަސަން ލަތީފްގެ ހުށަހެޅުމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުވެސް ވަނީ ތާއީދުކުރައްވައިފަ އެވެ.
އެ ބޭފުޅުން ވިދާޅުވީ، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަކާ ގުޅިގެން ނަމަވެސް، އެ ފައިސާ އަނބުރާ ހޯދޭނެ ގޮތަކާގުޅޭ ލަފައެއް ހިމެނުމަކީ މުހިއްމުކަމެއް ކަމަށެވެ.
އެއާއެކު ކޮމިޓީގެ ރިޕޯޓުގައި ފައިސާ އަނބުރާ ހޯދާނެގޮތެއްގެ ލަފައެއްވެސް ހިމެނުމަށް ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރި ނިންމުމާ ގުޅިގެން، އޭސީސީ އާއި ޕީޖީއާދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ.
ޕީޖީން ގަބޫލުކުރާ ގޮތުގައި، ވެންޓިލޭޓަރުތައް ގަތުމުގައި ހެލްތު މިނިސްޓްރީން އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވީ ނަމަވެސް، ސީދާ ކޮރަޕްޝަން ހިންގާފައިވާ ކަމުގެ އެކަށީގެންވާ ހެއްކެއް ނެތެވެ.
ނަމަވެސް، އޭސީސީން ބުނަނީ ޕީޖީން ގޮތް ނިންމާފައިވަނީ މުޅި މައްސަލައަށް ނުބަލައި ކަމަށާއި، ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ގަބޫލުކުރާ ކަމަށެވެ.
މި މަސް ނިމުމުގެ ކުރިން
ގިނަވަގެން 15 ދުވަސް ތެރޭގައި ނިމިގެން 31 ގެ ނިޔަލަށް ތާއީދުކުރަން.
ޕީޖީއަށް ލިޔެގެން ސަބަބުތައް ބަޔާންކުރަން މައުލޫމާތު ހިއްސާ ކުރުން.
އޭސީސީ
އިމްތިޔާޒް ފަހުމީ ފައިސާ ހޯދުން ރެކަމެންޑޭޝަނެއްގެ ގޮތުގައި ކުރަންޖެހޭނެ މަސައްކަތެއްގެ ގޮތުގައި ހަސަން ލަތީފު
ޕްރޮސެކިޔުޓް ނުކުރެވުނީ ކީއްވެތޯ. ފައިސާއާބެހޭ ކޮމިޓީތަކުން.
ނިހާދު ފައިސާ ހޯދަން ލަފައެއް ދިނުން ރިޕޯޓު ނިންމާއިރުގައި މިކަންކޮށް މިހާ ބައިވަރު ފައިސާ އަނބުރާ ހޯދަން. ސަޕްލަޔަރު ނުފޮނުވައިގެން ދޭން ފެންނާތީ ތާއީދުކުރަން
ޒަރީރު:ތާއީދުކުރަން ފައިސާ ހޯދޭނެ ގޮތެއް ރިޕޯޓުގައި ލިޔެވިދާނެހެން. އަބަދުވެސް އަންނަ ކަންތައްތައް. ތަހުގީގީ މަރުހަލާގައި ސާބިތެއްނުވޭ. ވެންޓިލޭޓަރުގެ މައްސަލާގައި