ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ ގަޑިއިރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފާސްޕޯޓް ހިފަހައްޓާނެ ކަމަށާ މި ސަރުކާރުން ހިންގާފައިވާ ހިޔާނާތްތަކުގެ މައްސަލަ ބަލާ ނިމުމުން ނޫނީ ރާއްޖެއިން ވަޑައި ނުގެންނެވޭނެ ކަމަށް އިދިކޮޅު ލީޑް ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަކީ ރާއްޖެ ދުށް ދިވެހި ގައުމަށް އެންމެ ބޮޑަށް ހިޔާނާތްވީ ސަރުކާރު ކަމަށެވެ. ދައުލަތާއި ރައްޔިތުންނަށް ހިޔާނާތްތެރިވުމަށްފަހު ސަލާމަތްވާނެ ކަމަށް ގަބޫލު ކުރުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ހިންގަމުންދާ ހިޔާނާތްތައް ބަލާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަަސައްކަތް ފައްޓަވާނެ ކަމަށެވެ. ޕީޕީއެމްގެ ވެރިކަމެއް އުފެދޭއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާނީ މިހާރުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާ މި ސަރުކާރުގެ ހުރިހާ ވެރިންގެ މައްސަލަތައް ބަލާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނީ މިއަދު މި ހިނގާ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ. އެ މައްސަލަ ދާނީ އަދުލްއިންސާފާ އެއްގޮތަށް ގާނޫނީ ހަމަތަކުގެ މަތިން. ހަމަ އެއާއެކު ދަންނަވާލަން ބޭނުންވަނީ މައްސަލަތައް ބަލާ ނިމުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އެންމެ ފުރަތަމަ ދުވަހު އަޅުގަނޑުމެން ކަނޑައަޅާނަން. އެއީ ޕާސްޕޯޓް ހިފަހައްޓައިގެން ކަމަށްވަންޏާ އެކަންވެސް އަޅުގަނޑުމެން ކުރާނަމޭ،"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޕީޕީއެމްގެ ސަރުކާރެއްގައި ބަލާނީ މިއަދު މި ހިނގާ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ. އެ މައްސަލަ ދާނީ އަދުލްއިންސާފާ އެއްގޮތަށް ގާނޫނީ ހަމަތަކުގެ މަތިން. ހަމަ އެއާއެކު ދަންނަވާލަން ބޭނުންވަނީ މައްސަލަތައް ބަލާ ނިމުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އެންމެ ފުރަތަމަ ދުވަހު އަޅުގަނޑުމެން ކަނޑައަޅާނަން. އެއީ ޕާސްޕޯޓް ހިފަހައްޓައިގެން ކަމަށްވަންޏާ އެކަންވެސް އަޅުގަނޑުމެން ކުރާނަމޭއަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް
އަބްދުއްރަހީމް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް ނަޝީދުގެ މައްސަލަވެސް ޕީޕީއެމްގެ ސަރުކާރުގައި ބަލާނެ ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ހިންގާ ހިޔާނާތުގައި ޝާހިދަކީ އިސް ބޭފުޅެއް ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކުރި މައްސަލަ އަލުން ބަލާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުﷲ ގާޒީގެ މައްސަލަ ރަައީސް ޔާމީންގެ ވެރިކަމުގައި ކޯޓްގައި ހިނގިއެވެ. އަދި އެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށް 13 އަހަރަށް ޖަލަށް ލުމަށްވެސް ހުކުމްކުރިއެވެ. އެ ހުކުމް ތަންފީޒު ކުރައްވަން އަހަރަށްވުރެ ގިނަ ދުވަހު އެމަނިކުފާނު ޖަލުގައި ހުންނެވިއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ނަޝީދު ބޭހަށް އިނގިރޭސިވިލާތަށް ފޮނުވުމުން އެމަނިކުފާނު ވަނީ އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައެވެ. އެނބުރި ގައުމަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބު އިދިކޮޅުން ކާމިޔާބުކޮށް ރައީސް ޔާމީން ވެރިކަމުގެ ބާރުތައް ނިމުމުންނެވެ. އަދި ފަހުން ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވި ހުުކުމް ބާތިލްކޮށް މިނިވަންކޮށްފައެވެ.
"އަބްދުﷲ ޝާހިދަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ މަނިކުފާނަށް ހަމަ ހިލާ ނުކެރޭނޭ އަޅުގަނޑުމެންގެ ސަރުކާރެއްގައި ފިލާ ރައްކާވާކަށް. ހަމަ ހިލާ ނުކުރޭނޭ. ކެނެރީގޭ މުހައްމަދު ނަޝީދަށް ދަންނަވާލަން ބޭނުންވަނީ މަނިކުފާނާ ދޭތެރޭ އަޅުގަނޑުމެން އެންމެ ފުރަތަމަ ބަލާނެ މައްސަލައަކީ އަބްދުﷲ ގާޒީ ހިފާ ހައްޔަރުކުރި މައްސަލަ. އަލުން އަޅުގަނޑުމެން އެ މައްސަލަ މުރާޖައާ ކުރާނަމޭ، މަނިކުފާނުގެ މައްސަލަ ބަލާ ނިމެދެން ހުންނަވަން ޖެހޭނީ ރާއްޖޭގައި. އަޅުގަނޑުމެން ވެރިކަމުގެ ހުވާ ކުރާތާ ފުރަތަަމަ ގަޑިއިރުގެ ތެރޭގައި ތި ހުރިހާ ބޭފުުޅުންގެ ޕާސްޕޯޓް ހިފަހައްޓާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.