ކަނޑުމަތީގެ ހާދިސާ

ބޯޓަކުން ވެއްޓި އަނިޔާވި މީހަކު މަރުވެއްޖެ

Oct 23, 2020

ގުޅިފަޅު ބޭރުގައި އޮތް ބޯޓުން ވެއްޓި ބޯފަޅައިގެން ދިޔަ މީހަކު މަރުވެއްޖެ އެވެ. އެ މީހާ މަރުވެފައި ވަނީ އައިޖީއެމްއެޗްއަށް ގެނެސް ފަރުވާދެމުން ދަނިކޮށެވެ.

އެމްއެންޑީއެފުން ބުނީ ގުޅިފަޅު ބޭރުގައި އޮތް "ވިކްޓޯރިއާ 267" ގައި ހުއްޓާ ވެއްޓި އަނިޔާވި އުމުރުން 64 އަހަރުގެ އެމީހާއަށް ސިއްހީ އަވަސް ފަރުވާ ދޭން މާލެއަށް ގެނައީ މިއަދު މެންދުރު 12:10 ހާއިރު ކަމަށެވެ. އަދި މާލެ ގެނެސް ހޮސްޕިޓަލަށް ގެންދެވުނީ އޭގެ ގަޑިއެއްހާ ފަހުންނެވެ.

ހޮސްޕިޓަލުން ބުނީ ބިދޭސީ މީހާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އެ މީހާ ވެއްޓުނީ ބޯޓުން ކަނޑަށް ކަމެއް ބޯޓުގެ ތެރެއަށް ކަމެއް ސާފެއް ނުވެއެވެ.