ފަސްޓްލޭޑީ ފަޒްނާ އަހުމަދާ ގުޅުވައިގެން ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފި އެވެ.
މާލެ ސިޓީ ލޮނުޒިޔާރަތް ކޮޅުގައި ހަދަމުންދާ ޕާކާ އެކަމަނާއާ ގުޅުވާ އޮންލައިން ނޫހަކުން ވަނީ ވާހަކަތަކެއް ފަތުރާފައެވެ. އެ ޕާކަށް ގަސް ގަންނަނީ ފަޒްނާގެ ހިއްސާ އޮންނަ ލަންކާގެ ކުންފުންޏަކުން ކަމަށް އެ ރިޕޯޓްގައިވެއެވެ. އެ ނޫންވެސް ބައެއް ތުހުމަތުތައް އެ ކަމަނާ އަށް ކޮށްފައިވެއެވެ.
އެ ވާހަކަތައް ދޮގުކޮށް ފަޒްނާގެ ފަރާތްޕުޅުން ލިޓިޖަންޓްސް ލޯ ފާމުން ނެރުނު ބަޔާނެއްގައި އެ ތުހުމަތުތައް ވަނީ ދޮގު ކޮށްފައެވެ. އެ ނޫހުން ފަތުރާފައިވަނީ އަސާސެއް ނެތް އަދި ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށްވެސް ބުންޏެވެ. އަދި އެ މައްސަލައާ ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ލިޓިޖަންޓްސްގެ ބަޔާނުގައިވެއެވެ.