ބޭރު ކުޅިވަރު

ފީފާއިން ކުވޭތު ސަސްޕެންޑްކޮށްފި

ސަރުކާރުން ނުފޫޒާ ހެދި ފީފާއިން ކުވޭތުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކޮށްފި އެވެ.

ފީފާއިން ކުވޭތު ސަސްޕެންޑްމިކުރީ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ކުލަބުތައް މިނިވަންކަމާއެކު ހަރަކާތްތެރިވާން ޖެހޭ ގޮތަށް ކުވޭތުގެ ގާނޫނު އަސާސީ އިސްލާހުކުރަންދިން މުއްދަތުގައި އެކަން ނުކުރުމުންނެވެ. ފީފާއިން މި ގާނޫނު އިސްލާހުކުރަން މިދިޔަ ސެޕްޓެމްބަރު މަހު ފީފާއިން ކުވޭތަށް އެންގީ އިއްޔެނޫންއިހައްދުވަހުގެ ނިޔަލަށެވެ.

ފީފާއިން މިހާރު ބުނެފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން މި ގާނޫނު އިސްލާހު ކުރުމަށެވެ. އަދި އޭގެ ކުރިން ވެސް އެކަން ކޮށްފިނަމަ ސަސްޕެންޝަން އުވާލާނެ ކަމަށެވެ.

ފީފާއިން މިހާރު ވަނީ ކުވޭތުގެ ގައުމީ ޓީމާއި ކުލަބުތައް ސަރަހައްދީ މުބާރާތްތަކުގައި ވެސް ވާދަކުރުން މަނާކޮށްފަ އެވެ. އަދި އެޖަމާއަތުގެ އެއްވެސް އެހީއެއް ވެސް ސަސްޕެންޝަނުގެ މުއްދަތުގައި ނުލިބޭނެ އެވެ.