ވިޔަފާރި

'ވޯލްޑް ޓްރެވަލް އެވޯޑްސް'ގައި ރާއްޖެއަަށް އެއް ނޮމިނޭޝަން

Oct 24, 2020

މި އަހަރު ބާއްވާ ވޯލްޑް ޓްރެވަަލް އެވޯޑުގައި ރާއްޖެ ނޮމިނޭޓް ވެފައިވަނީ އެއް ކެޓަގަރީން ކަމަށް އެމްއެމްޕީއާރްްސީން ބުނެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ބުނީ، ރާއްޖެ މި އަހަރު ނޮމިނޭޓްވީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން ގެ އެވޯޑަށް ކަމަށެވެ. މި އެވޯޑަށް ވޯޓުލުން މިހާރު ކުރިއަށްދާއިރު ރާއްޖެ އޮތީ ތިން ވަނައިގައި ކަމަށްވެސް އެމްއެމްޕީއާރްްސީން ބުންޏެވެ. އަދި ވޯޓުލުން ކުރިއަށްދަނީ މާދަމާގެ ނިޔަލަށެވެ.

ޓޫރިޒަމް ދާއިރާގެ "އޮސްކާ" ގެ ގޮތުގައި ސިފަކުރާ މި އެވޯޑު ހަފުލާ އޮންނާނީ ރަޝިއާގެ މޮސްކޯގަ އެވެ. އެވޯޑު ހަފްލާ އޮންނަ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ. މިއީ ޓްރެވަލް އެވޯޑު ބާއްވާ 27 ވަނަ އަހަރެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެ އިން މި އެވޯޑު ހަފްލާގައި ގިނަ އެވޯޑުތަކެއް ހޯދަ އެވެ. މިދިޔަ އަހަރު ރާއްޖެ ހަ ދާއިރާއަކުން ނޮމިނޭޓްވެ ވަނަތައް ހޯދި އެވެ. ބީޗް ޑެސްޓިނޭޝަނާއި ލީޑިން ޑެސްޓިނޭޝަން އާއި ޑައިވް އަދި ހަނީމޫންގެ އިތުރުން، މޯސްޓް ރޮމޭންޓިކް އަދި އައިލެންޑް ޑެސްޓިނޭޝަން ކެޓަރަގީން ނިމުނު އަހަރު ނޮމިނޭޓްވި އެވެ.