ކުޅިވަރު

މާޝަލް އާޓް ލެޖެންޑް ހަބީބު ރިޓާޔާ ކޮށްފި

މާޝަލް އާޓްގެ މާޝަލް އާޓްގެ އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް ހޯދުމަށް ފަހު މާޝަލް އާޓް ލެޖެންޑް ހަބީބު ނުމަގޯމޭޑޯވް ރިޓާޔާ ކޮށްފި އެވެ.

މާޝަލް އާޓްގެ އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕްގެ ޓައިޓަލް ހަބީބު ދިފާއު ކުރީ ޖަސްޓިން ގެއިތުޖީ ބަލި ކުރުމަށް ފަހު އެވެ. އެ ފައިޓަކީ ހަބީބްގެ ބައްޕަ އަބްދުލް މަނަޕް ނުމަގޯމޭޑޯވް މަރުވި ފަހުން އޭނާ ކުރިމަތިލި ފުރަތަމަ ފައިޓެވެ. އުމުރުން 57 އަހަރުގައި ޖުލައި މަހު މަރުވި އަބްދުލް މަނަޕް އަކީ ރަޝިއާގެ މާޝަލް އާޓްސް ދާއިރާގައި ފާހަގަ ކުރެވޭ ނަމަކެވެ.

ރަޝިއާއަށް ނިސްބަތްވާ ހަބީބް އަކީ އަލްޓިމޭޓް ފައިޓް ޗެމްޕިއަންޝިޕްގެ ދުނިޔޭގެ ރޭންކިންގެ ދެ ވަނަ އެވެ. އޭނާ އަށް ވުރެ ކުރީގައި އުޅެނީ އެމެރިކާގެ ޖޯން ޖޯންސް އެވެ. ލައިޓްވެއިޓް އިވެންޓެއްގައި ހަބީބް ދުވަހަކުވެސް ބަލިވެފަ އެއް ނުވެ އެވެ. އޭނާ ވަނީ އަލްޓިމޭޓް ފައިޓް ޗެމްޕިއަންޝިޕްގައި ޖެހިގެން 29 ކުރިމަތި ލުމުގައި މޮޅުވެފަ އެވެ. އޭނާގެ 30 ވަނަ ކުރިމަތިލުން ނުފެންނާނެ އެވެ.

ރޭ އޭނާ ރިޓަޔާ ކުރުމަށް ފަހު ބުނެފައި ވަނީ، ބައްޕަ ނެތް ދުނިޔެއްގައި އޭނާ ފައިޓްކުރަން މަންމަ ބޭނުން ނުވާ ކަމަށެވެ. "މިއީ އަހަރެންގެ ފަހު ފައިޓް،" ހަބީބް ބުނެފައިވެއެވެ. "ބައްޕަ ނެތް ތަނެއްގައި އަހަރެން މިތަނަކަށް ނާންނާނަން."

ހަބީބް އަކީ މުސްލިމުންގެ މެދުގައި މަގުބޫލު އެތުލެޓީކެވެ. ދިނީ ވާޖިބުތަކަށް އޭނާ ދޭ އަހަމިއްޔަތުގެ ސަބަބުން އޭނާ ބެލިވައިފައި ވަނީ ރޯލް މޮޑެލެއްގެ ގޮތުގަ އެވެ.