އެމްޓީސީސީ

އެމްޓީސީސީގެ މިއަދު އަޕްޑޭޓް: ދުވާފަރު މަގުތައް، ލަންދޫ ބަނދަރު

Oct 26, 2020

ރ. ދުވާފަރު މަގު ހެދުމުގެ މަސައްކަތާއި ނ. ލަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީން ކުރިޔަށް ގެންދާ ގޮތް ޓްވިޓާގައި ކިޔައިދީފި އެވެ.

އެމް ޓީސީސީން މިއަދު އިނގިރޭސި އަދި ދިވެހި ބަހުން ކުރު ޓްވީޓްތަކެއްގައި ވިދާޅުވީ ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 81 ޕަސެންޓް ނިމިއްޖެ ކަމަށެވެ. އަދި އެ މަޝްރޫުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 30 ޕަސެންޓް ވެސް ވަނީ ނިމިފައިވާ ކަމަށެވެ.

އެ ރަށުގެ މަސައްކަތް ފަށާފައު ވަނީ ޖޫން 12، 2019 ގަ އެވެ.

ލަންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 26 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި ޑިސެމްބަރު 10، 2019 ގައި ފެށި އެ މަސައްކަތުގައި ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެމްޓީސީގެ ޓްވީޓްތަކުގައި ވެއެވެ.