ހަބަރު

ރަސޫލާގެ އީދުމީލާދު: މައުމޫން ފައުންޑޭޝަނުން ޖަލްސާއެއް

Oct 27, 2020
2

ކީރިތި ރަސޫލާގެ އީދު މީލާދުގެ ޝަރަފްގައި މައުމޫން ފައުންޑޭޝަނުން ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ ރަސޫލާގެ އީދު މީލާދުގެ ޝަރަފްގައި ބާއްވާ ޖަލްސާ އޮންނާނީ ބުދަ ދުވަހުގެ ރޭ 9:00 ގައި ކަމަށެވެ. "ވަސްމީރު ޒިކުރާގެ ޝަރަފުގައި" މި ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ ވާޗުއަލްކޮށެވެ.

މި ޖަލްސާގައި މައުމޫން ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫން އަބްދުއްގައްޔޫމާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ އެކަޑަމިކް އެފެއާޒް ޑރ. ސައުދުﷲ އަލީ އާއި ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ސީނިއާ ލެކްޗަރާ އަލްއުސްތާޛާ އާއިޝަތު ހަލީލާގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ވާހަކަފުޅު ދައްކަވާނެއެވެ.

"ވަސްމީރު ޒިކުރާގެ ޝަރަފްގައި" ބާއްވާ ޖަލްސާ މައުމޫން ފައުންޑޭޝަންގެ ފޭސްބުކް އަދި ޓްވިޓާ ކައުންޓުން ލައިވް ކުރާނެއެވެ.