ހަބަރު

އައިޖީއެމްއެޗްގައި ލައިބްރަރީއެއް ގާއިމްކޮށް ޕްލޭ ހައުސް އަޕްގްރޭޑް ކޮށްފި

Oct 17, 2015
0%
0%
0%

އައިޖީއެމްއެޗްގައި ލައިބްރެރީއެއް ގާއިމްކޮށް ކުޑަކުދީންގެ ވޯޑުގައި ހުންނަ ޕްލޭހައުސް އަޕްގްރޭޑުކޮށްފި އެވެ.

އައިޖީއެމްއެޗްގައި ކުޑަކުދިންގެ ވޯޑުގައި ޕްލޭހައުސް އަކާއި ލައިބްރެރީއެއް ހަދައި އިފްތިތާހުކޮށްދެއްވީ އިއްޔެ ހަވީރު ރޮޓަރީ ކްލަބް އޮފް މޯލްޑިވްސް އިންނެވެ.

އައިޖީއެމްއެޗް އިން ބުނީ މިޕްލޭހައުސް އަކީ ކުޑަކުދިން މުނިފޫހި ފިލުވުމަށާއި އެކުދިންނަށް ހިންހަމަޖެހޭ މާހައުލަކަށް ހޮސްޕިޓަލް ހެދުމަށް ރޮޓަރީ ކްލަބް އޮފް މޯލްޑިވްސް އިން އައިޖީއެމްއެޗް އަށް ހަދިޔާ ކުރި ތަނެއް ކަމަށެވެ. އަދި ކުރިޔަށް އޮތްތާގައި އިތުރަށް ވޯޑު އަޕްގްރޭޑުކޮށް ހިއްގައިމު ތަނަކަށް ހަދާނެ ކަމަށް ވެސް އެހޮސްޕިޓަލުން ބުންޏެވެ.

"ވޯޑުގައި ކުރިން ހުރި ކުޑަކުދިންގެ ޕްލޭހައުސް މިހާރު ވަރަށް ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑު ކޮށްފައި ހުރީ. ރޮޓަރީ ކްލަބް އޮފް މޯލްޑިވްސް އިން އެތަން ހަދައިދިނީ މުޅިން ހިލޭ އަދި ކުރިޔަށް އޮތްތާވެސް އިތުރަށް އަޕްގްރޭޑުކުރާން ވަނީ ހަމަޖެހިފަ،" އައިޖީއެމްއެޗް އިން ބުންޏެވެ.

އެހޮސްޕިޓަލުން ބުނިގޮތުގައި ޕްލޭހައުސްގައި މިހާރު ޕީއެސްތްރީ އަކާއި ބޮޑު ޓީވީ އެއް އަދި ކުޑަކުދިން ކުޅޭ ތަފާތު ގިނަ ސީސޯ ފަދަ އެއްޗިސް ބަހައްޓައފައި ހުންނާނެ އެވެ. އަދި ލައިބްރެރީއެއް ގާއިމްކޮށް އެތަނުގައި ހާއްސަ ފޮތްތަކެއްވެސް ކިޔަން ލިބޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345