ސ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާއި ރ. އުނގޫފާރު މަގުތައް ހެދުމުގެ މަޝްރޫއުގެ އަޕްޑޭޓްތައް އެމްޓީސީސީން މިއަދު ދީފި އެވެ.
މިއަދު ޓްވިޓާ މެދުވެރިކޮށް އެ ކުންފުނިން ބުނީ އައްޑު އަތޮޅު މީދޫ ބަނދަރު މަސައްކަތުގެ 80 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން މީދޫ ނެރު ފުންކުރުމުގެ މަސައްކަތުގެ 34 ޕަސެންޓާއި އެއްގަމު ތޮށީގެ މަސައްކަތުގެ 85 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.
އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 42 ޕަސެންޓް ނިންމާލި އިރު 2000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ މަގުތައް އެއްވަރުކުރުމުގެ މަސައްކަތް ކަމަށް ބުންޏެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އާދަމް އާޒިމް ވަޑައިގެންނެވި ފަހުން ކޮންމެ ދުވަހަކު ވެސް އެ ކުންފުނީގެ މަސައްކަތްތަކުގެ ވަރަށް ކުދިކުދި އަޕްޑޭޓްތައް ވެސް ކޮންމެވެސް ދެ ރަށަކާ ގުޅޭ ގޮތުން ޕަސެންޓުން ކޮންމެ ދުވަހަކު ދެއެވެ.