ފިނިޕޭޖް

މޯލްޑިވިއަން އައިޑަލްގެ ދެވަނަ އޮޑިޝަން ފަށައިފި

Oct 17, 2015

މޯލްޑިވިއަން އައިޑަލްގެ ދެވަނަ އޮޑިޝަން ގއ. ވިލިނގިލީގައި މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ، "މޯލްޑިވިއަން އައިޑޮލް"ގެ ވިލިނގިލީ އޮޑިޝަންތައް ފެށީ މިއަދު ހެނދުނު އެވެ. މި އޮޑިޝަންފައި ވިލިނގިލީގެ އިތުރުން އެ އަތޮޅު ގެމަނަފުއްޓާއި ކޮލަމާފުއްޓާއި މާމެންދޫ އާއި ދާންދޫ، އަދި ކަނޑުހުޅުދޫން ބައިވެރިވެއެވެ.

މީގެ އިތުރުން ގދ. ތިނަދޫ އާއި އެ އަތޮޅު ގައްދޫންވެސް މި އޮޑިޝަންގައި ބައިވެރިވެ އެވެ.

އޮޑިޝަންތައް ކުރިއަށްދާނީ ތިން ބަޔަކަށެވެ. ފުރަތަމަ އޯޕަން އޮޑިޝަނެކެވެ. ދެން ތިއޭޓަރ އޮޑިޝަނެކެވެ. މިދެ އޮޑިޝަންގައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު އޮވެ އެވެ.