ކީލިއަން އެމްބާއްޕޭ

ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ނާކާމިޔާބު

ޕީއެސްޖީގެ ފޯވަޑް ކިލިޔަން އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތަކުގެ ފުރަތަމަ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ އެވެ.

މޮނޮކޯއިން 2017 ވަނަ އަހަރު ޕެރިހަށް ބަދަލުވި، ފްރާންސްގެ ޒުވާން ފޯވަޑްގެ ކޮންޓްރެކްޓް ޕީއެސްޖީއާއެކު ހަމަވާނީ ޖޫން 2022 ގަ އެވެ. މި ސީޒަން ނުލައި އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެއް ސީޒަނެވެ. ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓާ ލިއެނާޑޯގެ އެންމެ އިސްކަންދޭ މަސައްކަތެއްގެ ގޮތުގައި މިހާރު އޮތީ އެމްބާޕޭ، 21 ގެ ކޮންޓްރެކްޓް އާ ކުރުވުމެވެ.

ފްރާންސްގެ "ލެކީޕް" ނޫޙުން ބުނީ، އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމާ ގުޅޭ ގޮތުން ކުލަބާއި އެމްބާޕޭ އާ ދެމެދު ފުރތަމަ މަރުހަލާގެ ވާހަކަތައް ކުރިއަށް ގެންގޮސްފައިވާ ކަމަަށެވެ. އެހެންނަމަވެސް ދެ ފަރާތުގައި ހުރި ހިޔާލުގެ ސަަބުން މަޝްވަރާތައްކުގެ މަގްސަދު ހާސިލުވުމާމެދު ސުވާލު އުފެދިފައިވާކަމަށްވެސް އެ ނޫހުން ބުނެ އެވެ. އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ޕީއެސްޖީން ކުރާނެއެވެ.

ދުނިޔޭގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑަށް ކަޅި އަމާޒުވެފައިވާ ކުޅުންތެރިޔަކީ އެމްބާޕޭ އެވެ. އޭނާ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ލިވަޕޫލާއި ރެއާލް މެޑްރިޑެވެ.

ފުރަތަމަ މަރުހަލާގެ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުން، އެމްބާޕޭގެ ކޮންޓްރެކްޓް އާ ކުރުމާމެދު އޮތް އުންމީދުވެސް އެހެން ދިމާލަކަށް އެނބުރިގެންދެ އެވެ. ޕީއެސްޖީގެ ކުރިމަގު ބިނާ ކުރާ ޕްރޮކެޖްޓްގައި ވިސްނާފައި ވަނީ އޭނާ އަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާކަމަށް ބަލައިގެން ކުރިއަށް ދިއުމަށެވެ. އެހެން ލީގެއްގައި ތަފާތު ޕްރޮޖެކްޓެގައި ހިމެނުމަކީ އެމްބާޕޭގެ ވިސްނުންވެސް ގެންގުޅޭނެ ކަމެކެވެ.