މޫސުން

މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ

Oct 28, 2020
3

މާލެއަށް މިއަދު އައި ކޮޅިގަނޑެއްގައި ބޯކޮށް ވެރި މާލޭގައި ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.

މިއަދު 11:00 ޖަހާ އެހާކަންހާ އިރުން ފެށިގެން ބޯކޮށް ވެހުނު ވާރޭ މެންދުރު 12:00 ޖަހާ އެހާކަންހާރި ތުނިކޮށްލައި ހިމަފޮދު ވާރެއަށް ބަދަލުވި އިރު އާންމުކޮށް މާލޭގައި ފެން ބޮޑުވާ ހުރިހާ ސަރަހައްދެއްގައި ފެން ބޮޑުވެފައި ވެއެވެ. އޭގެ ތެރޭގައި އަމީނީ މަގާ މާފަންނުގެ ބޮޑު ބައެއްގެ އިތުރުން ހުޅުނގު ދެކުނު ފަރާތުން ބޮޑު ބައެއް ހިމެނެ އެވެ.

ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެފައިވާއިރު އާންމުންނަށް ހިނގާ ބިންގާވެ އުޅުމަށާއި މަގުމަތީގެ ދުއްވާ އެއްޗެހީ ހަރަކާތްތަކަށް ވެސް ބުރޫއަރާފައި ވެއެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް މޫސުމާބާހޭ އިދާރާގެ ފޯކަސްޓްތައް މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާގެ ހެނދުނު 10:00 އާ ހަމައަށް ދައްކާ ގޮތުން މޫސުން އެހާ ގޯހެއް ނޫނެވެ. އުތުރާއި މެދުއަތޮޅުތަކުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާވި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅެވެ. ކަނޑުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި ވެސް ގަދަވާނީ އާދައިގެ ވަރަކަށެވެ. ރާޅުގެ އުސްމިން ހުންނާނީ ވެސް ދެ ފޫޓާއި ފަސް ފޫޓަށެވެ.

ރާއްޖޭގައި މިހާރު ކުރިޔަށް ދަނީ ހުޅުނގު މޫސުމުގެ 15 ވަނަ ނަކަތް ކަމަށްވޭ ހޭ ނަކަތެވެ. އެއީ ބަނަ ވިއްސާރައިގެ ނަކަތެކެވެ. ހުޅުނގު މުސުން ނިމެނޭނީ އަންނަ ޑިސެމްބަރު މަހުގެ ނުވަނަ ވަނަ ދުވަަަހަށް ނިމޭ ދޮށަ ނަކަތުންނެވެ. ހުޅަނގުގައި 18 ނަކަތް އޮވެ އެވެ. ހޭނަކަތަކީ 15 ވަނަ ނަކަތެވެ.