ށ. ފުނަދޫ ފިހާރައަކުން ވައްކަން ކޮށްގެން 12 އަހަރާއި 16 އަހަރާ ދެމެދުގެ ހަތަރު ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި އެ ކުދިން ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ކުދިން ދިރިއުޅޭ ތަން ބަލައި ފާސް ކުރިއިރު ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ 5،000 އަށް ވުރެ ގިނަ ރުފިޔާ އާއި ތިން މޮބައިލް ފޯނުގެ އިތުރުން ސިގިރެޓް ފޮށިތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިން ކުރާ މައްސަލަތަކަށް އިންސާފުކޮށް އަދަބު ދިނުމުގެ ގަވާއިދު ބުނާގޮތުން އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކުށުގެ ޒިންމާ އުފުލަންޖެހޭ ކުށްތަކުގެ ތެރޭގައި ވައްކަމުގެ ކުށެއް ނުހިމެނެ އެވެ. ނަމަވެސް 15 އަހަރުވެފައިވާ ކުދިން ހުރިހާ ކުށްތަކެއް ޒިންމާ އުފުލަން ޖެހޭނެ އެވެ.