މާލޭގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި ސްކޫލު ބަދަލުކުރުމަށް އޮންލައިން ޕޯޓަލް އެއް އެޑިއުކޭޝަން މިނިސްޓްރީންލ ލޯންޗުކޮށްފި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް ލޯންޗުކޮށްދެއްވީ، އެޑިއުކޭޝަަން މިނިސްޓަރު ޑރ. އަައިޝަތު އަަލީ އެވެ.
ޕޯޓަލެއް ހެދީ، ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ހުށަހެޅުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންނަށް ފަސޭހަކުރުމަށް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެ މިނިސްޓްރީގެ ވެބްސައިޓް އަދި forms.moe.gov.mv އަށް ވަދެގެން ފޯމު ހުށަހެޅޭނެ އެވެ.
އެޑިއުކޭޝަނުން ބުނީ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި، ސްކޫލް ބަދަލުކުރަން ބޭނުންވާ ފޯމް ހުށައެޅުމަށް ހާއްސަކޮށް ތައްޔާރުކުރި ޕޯޓަލް މެދުވެރިކޮށް ފޯމާ ގުޅޭ ލިޔެކިޔުންތައްވެސް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި، ޖާގަ ލިބޭ ސްކޫލްތަކަށް އިތުރު ޑޮކިއުމަންޓެއް ހުށަހަޅަން ނުޖެހި ޕޯޓަލް މެދުވެރިކޮށް އެކަން ހަމަޖެހޭނެ ކަމަށާއި ސްކޫލަށް ވެއްދުމާ ގުޅިގެން ޝަކުވާ ހުށަހެޅުންވެސް ޕޯޓަލް އިން ބަލައިގަންނާނެ ކަމަށެވ.
އޮންލައިންކޮށް ފޯމު ހުށަހެޅުމުން ބެލެނިވެރިޔާގެ ފޯނަށް ޖަވާބު ސްލިޕް، ޕޯޓަލް މެދުވެރިކޮށް ފޮނުވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
"މި ޕޯޓަލް އާއެކު ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަރުހަލާތަކުގައި ބެލެނިވެރިން މިނިސްޓްރީ އަށާއި ސްކޫލްތަަކަށް އަންނަން ނުޖެހި ފަސޭހަ ކަމާއެކު ސްކޫލަށް ވެއްދުމުގެ ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ" އެޑިއުކޭޝަނުން ބުންޏެވެ.
މީގެ ކުރިން، މާލޭގެ ސަރުކާރު ސްކޫލްތަކަށް ވެއްދުމާއި ސްކޫލް ބަދަަލު ކުރުމަށް ޖެހެނީ ފޯމް ހުށަހަޅަން އެޑިއުކޭޝަން މިނިސްޓްރީއަށް ދާށެވެ.