ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުނގޫފާރު އަދިވެސް މޮނިޓަރިންގައި

ރ. އުނގޫފާރުން ޕޮޒިޓިވް ވި މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެއްޖެ އެވެ.

އުނގޫފާރުން މިމަހުގެ 26 ވަނަ ދުވަހު ރެންޑަމް ކޮށް ނެގި ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެރަށް ވަނީ މޮނިޓަރިން ހާލަތައް ގެނެސްފަ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އަބޫބަކުރި މިއަދު ވިދާޅޫވީ އެމީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.

ތަސްލީމާ ވިދާޅުވީ ދެވަނަ ސާމްޕަލް ނެގެޓިވް ވި ކަމުގައި ވީނަމަވެސް އެރަށް މޮނިޓަރިން ހާލަތުން ނުނަގާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެއަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކުޑަކުރަތުން އުނގޫފާރަށް މީހުން އައިސްފައިވާތީ، އުނގޫފާރުން އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ރައްކާތެރިވުމުގެ ގޮތުން އެކްޓިވް ސަވެއިލެންސް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އުނގޫފާރު އޮންނާނީ މޮނިޓަރިން ހާލަތުގައި ކަމަށްވެސް ވިދާޅުވި އެވެ.

ކުޑަކުރަތުން 63 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.