ހަބަރު

ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް އުކުޅަހުގައި

އއ. އުކުޅަހުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އެ ސެންޓަރަކީ އަތޮޅުތަކުގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާ ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ހުޅުވި ސެންޓަރެއް ކަމަށެވެ.

އެ ސެންޓަރުން ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

މި ހިދުމަތާއެކު އއ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ތިން ރަށަކުން ލިބޭނެ އެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ރަސްދޫއަށް ހިދުމަތް ފޯރުކޮށްދެމުންނެވެ. ދާދި ފަހުން ބީއެމްއެލް އިން ވަނީ ނ. ކެނދިކުޅުދޫ އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފަ އެވެ.