ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މޮޑާނާ އާއި ޕްފިޒާ ވެކްސިން ކާމިޔާބުވާނެ

އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި، މޯޑާނާ އާއި ޕްފިޒާއިން ކޮވިޑަށް އުފައްދާ ވެކްސިން ވަރަށް ކާމިޔާބު ވާނެ ކަމަށާއި އެ ދެ ވެކްޝިނުން މީހާ ބަލިން ރައްކާތެރި ކުރުމުގެ މަސައްކަތް ވަގުތުން ބަރާބަރަށް ފަށާނެ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީން ބުނެފި އެވެ.

ޑައިރެކްޓަރު ޑރ އެންތަނީ ފައުޗީ ވިދާޅުވި ގޮތުގައި އެމެރިކާގައި މިވަގުތު އުފައްދާ ކޮވިޑް ވެކްސިންތަކުގެ ތެރެއިން ހަތަރު ވެކްސިނެއްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ އެވެ. އަދި އޭގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ދައްކާފައިވާ ދެ ވެކްސިނަކީ މޮޑާނާ އާއި ޕްފިޒާގެ ވެކްސިނެވެ.

ފައުޗީ ވިދާޅުވި ގޮތުގައި ޕްފިޒާ އިން އުފައްދާ ވެކްސިން އެހެން ވެކްސިންތަކަށްވުރެ ނަތީޖާ ރަނގަޅެވެ.

މި ދެ ވެކްސިން ހިމެނޭހެން މިހާރު އެމެރިކާގައި އުފައްދަމުން އަންނަ ހަތަރު ވެކްސިނެއްގެ ތިންވަނަ ފޭސްގެ ފަހުގެ މަރުޙަލާތައް ހިނގަމުން ދެއެވެ. އަދި ވެކްސިންތަކުގެ މަސައްކަތަށް ދެން މާގިނަ ދުވަހެއް ނުނަގާނެ އެވެ.