ސައުދީ އަަރަބިއްޔާ

ހަރަމްފުޅަށް ވަންނަ ދޮރާށިކޮޅެއްގައި ކާރަކުން ޖައްސައިފި

Oct 31, 2020

ބާރު ސުޕީޑްގައި ދުއްވި ކާރެއް މަސްޖިދުލް ހަރަމްއަށް ވަންނަ ދޮރާށިކޮޅެއްގައި ޖައްސައި ގެއްލުން ދީފި އެވެ.

ސައުދީ ސަރުކާރުން މައްކާއަށް ހާއްސަކޮށްފައިވާ ތަރުޖަމާނެއް ކަމަށްވާ ސުލްތާން އަލްދޮސާރީ ވިދާޅުވީ އިއްޔެގެ މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ކަމާބެހޭ ސަލާމަތީ އިދާރާތަކުން އެ ހާދިސާ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކާރުގައި އިނީ ސައުދީ މީހެކެވެ.

ތަރުޖަމާނު ވިދާޅުވީ އެ މީހާއަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށާއި އެކަމަކު އެއީ އާދައިގެ ހާލަތެއްގައި ހިން މީހެއް ނޫން ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މި ހާދިސާ ހަރަމްފުގެ ދެކުނު ފަޅީގައި ހިނގި މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވާއިރު އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ގެފުޅު ހިމެނޭ ހަރަމްފުޅަށް ވަންނަ ދޮރާށިކޮޅެއްގައި ޖައްސާފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހަރަމްފުޅު ބަންދު ކުރުމަށް ފަހު ހުޅުވާލީ މިދިއަ މަހު އެވެ. މަސްޖިލް ހަރަމްގެ ބޭރުގައި ނަމާދު ކުރަން އޮންނަ ސަރަހައްދަށް ވެސް ވެހިކަލް ވަނުމަކީ މަނާ ކަމެކެވެ.