ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ ކޮވިޑްގެ ބަލިން ފަސޭހަ ވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވް ވި، ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބަލިން ފަސޭހަ ވެއްޖެ އެވެ.

އިއްޔެ ހެދި ޕީސީއާރް ޓެސްޓްތަކުން ރޮނާލްޑޯގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ. ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވް ވީ، މިމަހު ގެ 13 ވަނަ ދުވަހު އެވެ. ޕޯޗްގަލްގެ ގައުމީ ޓީމުގެ ކޭމްޕްގައި ހުއްޓައި ރޮނާލްޑޯ ވައިރަހަށް ޕޮޒިޓިވް ވުމުން އޭނާ ސްކޮޑާ އެކަހެރިވި އެވެ. އަދި އޭގެ ފަހުން ކަރަންޓީން ވުމަށްޓަކައި އެއާރ އެމްބިއުލައިންސްގައި އިޓަލީގެ ޓްރިން އަށް ދިޔަ އެވެ.

ޕޯޗްގަލްގައި ހުރެ ބަލި ޖެހުމުން، އިޓަލީއަށް ދިއުމުން އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާ ވަނީ އެ މައްސަލަ ފެންމަތި ކޮށްފަ އެވެ. އެހެންނަމަވެސް ރޮނާލްޑޯ ބުނީ، އޭނާ އިޓަލީއަށް ދިޔައީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. ކަރަންޓީން ވުމަށްޓަކައި އިޓަލީއަށް ދިޔައީ ކަރންޓީން ވާން ޖެހޭ ދުވަސްތަކުގެ އަދަދު އިޓަލީގައި މަދުވުމުންނެވެ. ކޮވިޑާ ގުޅިގެން އިޓަލީގައި ކަރަންޓީން ވާން ޖެހޭނީ 10 ދުވަހު އެވެ. ޕޯޗްގަލްގައި 14 ދުވަހެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުން ގައުމީ ޓީމާއި ކުލަބާއެކު ފަސް މެޗު އޭނާ އަށް ގެއްލުނެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގްގައި ބާސެލޯނާ އާ ދެކޮޅަށް ޓްރިންގައި ކުޅުނު މެޗުވެސް ހިމެނެ އެވެ. އެ މެޗު ހާއްސަ ވެފައި އޮތީވެސް ރޮނާލްޑޯ އާއި މެސީގެ ކުރިމަތި ލުމެއްގެ ގޮތުގަ އެވެ. ނޭޝަން ލީގްގައި ސްވިޑެން އާ ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗުވެސް ރޮނާލްޑޯއަށް ގެއްލުނެވެ.

ކޮވިޑާ ގުޅިގެން 19 ދުވަހު އެކަހެރި ރޮނާލްޑޯ ވެގެން ހުއްޓެވެ. ޔުވެންޓަސްގެ އުންމީދަކީ މާދަމާ ސްޕީޒިއާ އާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ އަށް ކުޅެވުމެވެ.