އާސެނަލް

އާސެނަލްގެ ކޮންޓްރެކްްޓް ނޮގޯޝިއޭޓާ އިސްތިއުފާ ދީފި

އާސެނަލްގެ ކޮންޓްރެކްޓްގެ ނެގޯޝިއޭޓާ ހަޒް ފާމީ ކުލަބުގެ މަގާމުން އިސްތިއުފާ ދީފި އެވެ.

ޓީމް ސްކައި އިން ޖޫން 2017 ގައި އާސެނަލްއާ ގުޅުނު ފާމީ އިސްތިއުފާ ދިނީ، ކުލަބުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނަން ނިންމާފައިވުމާ ގުޅިގެން ކުލަބާއެކު ދެފަރާތް އެއްބަސް ވެގެންނެވެ. ކުލަބުގެ މަގާމުން އިސްތިއުފާ ދިން ނަމަަވެސް އެ މަސައްކަތް ކުލަބާ ހަވާލު ކުމުގެ މަރުހަލާގައި ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ފުރިހަމަ ކުރުމުގައި އޭނާ ހަރަކާތްތެރި ވާނެ އެވެ.

ފާމީއަކީ މިފަހުން ކުލަބުން އިސްތިއުފާ ދިން ހަ ވަނަ އެގްޒެކެޓިވް އެވެ. އާސެނަލްގެ ރެކްރޫޓްމެންޓް ހެޑް ފްރެންސިސް ކަގިގޯއޯ އަދި ފުޓްބޯލް ހެޑް ރައުލް ސަންލެހީ ވަނީ އޯގަސްޓް މަހު އިސްތިއުފާ ދީފަ އެވެ. ކުލަބުގެ ޔޫކޭ ސްކައުޓިން ޕީޓާ ކްލާކް، އަދި ސްކައުޓް ބްރެއިން މެކްޑޯމޮޓް އަދި ސީނިއާ ޓީމުގެ ރިހިބިލިޓޭޝަން ކޯޑިނޭޓާ ޓިމް ޕާހަން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ.

ފާމީ އަކީ ކާކު

ފާމީ އަކީ ކުލަބުގެ ފުޓްބޯލް އޮޕަރޭޝަންގެ ހެޑެވެ، އަދި އޭނާއަކީ ކުލަބުގެ ކުޅުންތެރިންގެ ކޮންޓްރެކްޓް ފުރިހަމަ ކުރާ އިސް ފަރާތެވެ. އަދި ބޭނުންވާ ކުޅުންތެރިން ކުލަބަށް ގެނައުމުގައި އެޖެންޓުންނާ މުއާމަލާތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެން ދާނީ އޭނާ އެވެ.

އާސެނަލްގެ ކުރީގެ ފުޓްބޯލް ހެޑް ސެންލެހީ ބުނެފައި ވަނީ، ފާމީއަކީ ފޫޓްބޯޅައިގެ އޮޕަރޭޝަން ހިންގުމަށް ހުނަރުވެރި ގާބިލް އަދި ލިޑާޝިޕް ކޮލިޓީ ހުރި އެގްޒެކެޓިވްއެއް ކަމަށެވެ.

އޭނާ މަގާމުން އިސްތިއުފާ ދިނުމުން، ކޮންޓްރެކްޓްގެ މަސައްކަތް ދެން ކުރާނީ ޓެކްނިކަލް ޑައިރެކްޓާ އެޑޫ އެވެ.