ހަބަރު

މެރިން އެކްސްޕޯ ޑިސެމްބަރުމަހު ވާޗުއަލްކޮށް

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ މެރިން އެކްސްޕޯ ޑިސެމްބަރު މަހު ވާޗުއަލްކޮށް ބާއްވަން ނިންމައިފި އެވެ.

މި އަހަރުގެ މެރިން އެކްސްޕޯ އިންތިޒާމް ކުރަނީ މީޑިއަމް ޕްރައިވެޓް ލިމިޓެޑުންނެވެ.

މީޑިއަމް އިން ބުނީ މިއަހަރުގެ މެރިން އެކްސްޕޯ ބާއްވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ކޮވިޑް-19އިގެ ހާލަތާއި ގުޅިގެން މި އެކްސްޕޯ ބާއްވާނީ ވާޗުއަލްކޮށް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ ތީމްއަކީ "ސެލެބްރޭޓިން މެރިން ހެރިޓޭޖް" އެވެ. މި އެކްސްޕޯގެ ތެރެއިން އިންޓަނޭޝަނަލް އޯޑިއަންސް ބޮޑުކުރުމުގެ ގޮތުން މާކެޓިން ކެންޕެއިނެއް ފެށުމަށް ރާވާފައިވާ ކަމަށާއި އަދި މި އެކސްޕޯގެ ވާޗުއަލް އެޑިޝަންގައި ބޯޓިން އެވޯޑްސް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ،

މެރިން އެކްސްޕޯ އަކީ ރާއްޖޭގެ ކަނޑުގެ އުޅަނދުތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ. ނިމިިދިޔަ ހަ އަހަރު މި ފެއާ އިންތިޒާމު ކުރީ ބްލަކް ކުންފުނިންނެވެ.