ބޭރު ކުޅިވަރު

ބަޔާން މިއުނިކް ރެކޯޑް ހަދައިފި

ޖަރުމަނު ލީގުގައި ވާޑަބްރޭމަން 1-0އިން ބަލިކޮށް ޗެމްޕިއަން ބަޔާން މިއުނިކް ރެކޯޑް ހަދައިފި އެވެ.

މެޗުގެ 23 ވަނަ މިނިޓްގައި ތޯމަސް މުލާ ޖެހި ގޯލުން ބަޔާން މޮޅުވުމުން އެ ޓީމު ވެފައިވަނީ ލީގުގެ ތާރީހުގައި ވެސް ފުރަތަމަ ނުވަ މެޗުން މޮޅުވު ފުރަތަމަ ޓީމަށެވެ.

މި މެޗުގައި މުލާ ޖެހި ގޯލަކީ ލީގުގައި މި ފަހަރު އޭނާ ޖެހި ނުވަ ވަނަ ގޯލެވެ. އަދި މިއީ މިދިޔަ ހަތް މެޗުގައި ގިނަ އަދަދަކަށް ގޯލު ޖެހި ރޮބަޓް ލެވޮންޑޯސްކީ އަށް ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ.

މި މޮޅާއެކު ބަޔާން އޮތީ 27 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. ދެ ވަނާގައިވަނީ 20 ޕޮއިންޓާއެކު ބޮރޫޝިޔާ ޑޯޓްމުންޑެވެ.