ހަބަރު

"އިންވެސްޓްމެންޓް ފޯރަމްގައި ރައީސް ބައިވެރިވަޑައިނުގަންނަވާނެ"

Oct 18, 2015
3

ދުނިޔޭގެ އެކި ގައުމުތަކުން 700 އަށްވުރެ ގިނަ އިންވެސްޓަރުންނާއި ކުންފުނިތައް ބައިވެރިވާ ދެވަނަ އިންވެސްޓްމަންޓް ފޯރަމުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައި ނުގަންވާ ގޮތަށް ނިންމައިފި އެވެ.

ޗައިނާގެ ބީޖިންގައި އަންނަ ހޯމަ ދުވަހު ފަށާ ދެވަނަ އިންވެސްޓްމަންޓް ފޯރަމަށް ވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފޯރަމްގައި ކުރިން ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތް ނަމަވެސް ދިމާވެފައިވާ ހާލަތުގެ ސަބަބުން ފޯރަމްގައި ބައިވެރިވެ ވަޑައިގެންވެން ނެތީ ކަމަށެވެ.

ރިޔާސީ ލޯންޗްކޮޅުގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު މިފަދަ އިވެންޓެއްގައި ވެސް އަދި ދަތުރުފުޅެއްގައި ވެސް ރައީސް ޔާމިން މިހާތަނަށް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ބޭރުގެ ބައެއް އިތްޒަތްތެރިންނާ ރައީސް ބައްދަލު ކުރައްވާފައި ވެއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ 150 ވިޔަފާރި ކުންފުނިވެސް ތަމްސީލް ކުރާ ފޯރަމްގައި އިސްކޮށް ހުންނަވާނީ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ. ނައިބު ރައީސް މިވަގުތު ހުންނެވީ ވެސް ޗައިނާގަ އެވެ.

ސައީދު ވިދާޅުވ އެގްޒިބިޝަނަކާއެކު ބާއްވާ މި ފޯރަމް ކުރީގެ ފޯރަމަށްވުރެ ކާމިޔާބު ވާނެ ކަމަށާއި އެ އެގްޒިބިޝަނުގައި ވެސް ރާއްޖޭގެ 24 ސްޓޯލް ހިމަނާފައިވާއިރު ރާޖޭގައި އިންވެސްޓްކުުރުމަށް ހުރި ފުރުސަތުތަކާއި ތަފާތު ޕްރޮޖެކްޓްގެ މައުލޫމާތު ރާއްޖޭގެ ކުންފުނިތަކުން ދޭނެ ކަމަށެވެ. އަދި ވިދާޅުވީ މިފަހަރު ބޮޑަށް ބަލާނީ ފައިނޭންޝަން ސެކްޓާ އާއި ބޭންކިން އާއި ރިއަލްއެސްޓޭޓް އަދި ޓްރާންސްޕޯޓަށް ކަމަށާއި
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖްކްޓްތަކަށް އިސްކަންދޭނެ ކަަމަށެވެ.

ޗައިނާ އާއި ސިންގަޕޫރާއި އޮސްޓްރޭލިއާ އާއި ންޑިއާ އާއި ސްރީލަންކާ ފަދަ ގައުމުތަކުގެ އިންވެސްޓަރުން ފޯރަމްގައި ބައިވެރިވެފައިވާއިރު ފުރަތަމަ އިންވެސްޓްމަންޓް ފޯރަމް މިދިއަ އަހަރު ބޭއްވީ ސިންގަޕޫރުގައެވެ.

އިންވެސްޓްމެންޓް ފޯރަމަކީ ރާއްޖެއަށް އިންވެސްޓްމަންޓް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ބާއްވަމުން އަންނަ ބިޔަ އިވެންޓެކެވެ.