ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކަނޑިންމަ

ކަނޑިންމައިން 17 މީހަކު ޕޮޒިޓިވްވެއްޖެ

Nov 1, 2020

ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުން 17 މީހަކަށް ކޮވިޑް ޖެހިއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރިޔަށްދާ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގް އާއި އިތުރު ސާމްޕަލް ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރިސޯޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެހެންވެ އިއްޔެ ހަވީރުން ފެށިގެން އެ ރިސޯޓަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.

އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރު ވެރިންނަށް ރާއްޖެއިން ފުރއިގެން ދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރް ޓެސްޓް ހެދުމަށް ފަހު ނެގެޓިވް ވެގެނެވެ.