ބޮލީވުޑް

ވަރުން އާއި ކްރީތީގެ އާ ފިލްމަކީ "ބީޅިޔާ"

ކްރީތީ ސެނޯން އާއި ވަރުން ދަވަން އެކުގައި ކުލުނު ފުރަތަމަ ފިލްމު "ދިލްވާލޭ" ބަލާފައި ވަރަށް ގިނަ ބަޔަކަށް މި ޖޯޑުގެ ކަމުދިޔަ އެވެ.

ދެ ތަރިންގެ ކެމިސްޓްރީ ރަނގަޅުކަމުން ދެ އެކްޓަރުންގެ އިތުރު ފިލްމުތައް ބެލުމުގެ ޝައުގުވެރިކަން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދިޔައީ ފާޅު ކުރަމުންނެވެ. މިހާރު ގިނަ ބައެއްގެ މި ހުވަފެން ހަގީގަތަކަށް ވާން ވަނީ ކައިރިވެފަ އެވެ.

އަމަރް ކޯޝިކް އުފައްދާ "ބީޅިޔާ"ގެ ލީޑް ރޯލަށް ވަރުން އާއި ކްރީތީ ހަމަޖެހިފައިވާތީ އެވެ. މިއީ ރޯހިތު ޝެޓީގެ "ދިލްވާލޭ"އަށް ފަހު ވަރުން އާއި ކްރީތީ އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މި ފިލްމުގެ އިތުރުން ވަރުންގެ އަތުގައި އޮތީ "ސާންކީ" އާއި "ކޫލީ ނަންބަރު 1" އެވެ. "ކޫލީ ނަންބަރު 1" މިހާރު އުޅެނީ ރިލީޒްކުރުމުގެ މަގުމަތީގަ އެވެ.

ކްރީތީ މަސައްކަތްކުރަން ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކްރިޝްނާ ޑީކޭގެ "ފަރްޒީ" އާއި ޑައިރެކްޓަރު ލަކްޝަމަން އުޓޭކަރްގެ "ލުއްކާ ޗުއްޕީ 2" އާއި "މިމީ" ހިމެނެ އެވެ. އަދި އަންނަ އަހަރުގެ މޭ މަހު ރިލީޒްވާން ތައްޔާޜުކުރަމުންދާ ޑައިރެކްޓަރު އަބީޝެކް ޖެއިންގެ "ސެކަންޑް އިނިންގްސް"ގައި ވެސް ކްރީތީ މުހިއްމު ރޯލެއް އަދާ ކުރެ އެވެ.