ފިނިޕޭޖް

ވަރުންގެ އެކްޝަން ފިލްމުގެ ޝޫޓިން އަންނަ ހަފްތާގައި ފަށަނީ

ވަރުން ދަވަން ފެނެގެންދާ އާ އެކްޝަން ފިލްމުގެ ޝޫޓިން މިމަހު 16ގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދަވަން މިހާރު ބިޒީވެގެން އުޅެނީ އޭނާގެ ފިލްމު "ބަވާލް"ގެ ޕްރޮމޯޝަންތަކުގައި އެވެ.

އެކަމަކު އެޓްލީ ކުމާރާ އެކު ދެން ކުރިއަށް ގެންދާ ދަވަންގެ ފިލްމުގެ ޝޫޓިން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވެފަ އެވެ.

އަދި ވަކި ނަމެއް ދީފައި ނުވާ މި ފިލްމުގެ ޝޫޓިން އަންނަ ހަފްތާ ފެށުމަށް ހަމަޖެހިފައިވަނީ މުމްބާއި ގައެވެ.

ވަރަންގެ ކުރިއަށް އޮތް ފިލްމުގެ މުހިއްމު ތަފްސީލްތައް އަދި ދީފައި ނުވާއިރު މި ފިލްމު ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ މެއި 31 ވަނަ ދުވަހު އެވެ.