ހަބަރު

ޖިންސީ ގޯނާގެ ތުހުމަތަށް މީހަކު ހައްޔަރު ކޮށްފި

ތޭރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއްގައި، 49 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފި އެވެ.

އުތުރުގެ ރަށަކުން، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މަައްސަލަ އެއް މިއަދު ވަނީ ފެންމަތިވެފަ އެވެ. އެނގިފައިވާ ގޮތުގައި އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އޭނާގެ ދޮންބައްޕަ އެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ "އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާ ކުރި" މައްސަލަ އެއް މިދިޔަ މަހު 23 ގައި ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެއް މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ރޭ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ މިހާރު ބަަލަމުންނެވެ. ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ކައިރީ ކައިރީ ރިޕޯޓު ކުރެ އެވެ.