މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ޑިސެމްބަރު: އަނިޔާގެ 104 މައްސަލައެއް

ޑިސެމްބަރު މަހު ކުޑަކުދިންގެ އަނިޔާގެ 104 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައި--
0%
0%
0%

މިދިޔަ ޑިސެމްބަރު މަހު ޖެންޑާ މިނިސްޓަރީއަށް ހުށަހެޅި އެކި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅައި އަދި ބަލަން ފަށައިފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީ އިން ކޮންމެ މަހަކު އާންމު ކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ ޑިސެމްބަރު މަހު ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން 104 މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅުމުން ވަނީ ބަލަން ފަށައިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކެވެ. ޖިންސީ ގޯނާގެ 27 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ކުޑަކުދިންނަށް އިހުމާލުވި 23 މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު ގެވެށި އަނިޔާ ކުރާތަން ކުދިންނަށް ދެއްކި 20 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ އަދި ކުދިންނަށް ނަފްސާނީ ހާނިއްކައިގެ އަށް މައްސަލައެއް ވަނީ ހުށަހަޅައި ބަލަން ފަށައިފަ އެވެ.

މީގެ އިތުރުން އެ ތަފާސްހިސާބުން ދައްކާގޮތުގައި މީހަކު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 48 މައްސަލައެއް ވަނީ ޑިސެމްބަރު މަހު ބަލަން ފަށައިފަ އެވެ. އޭގެތެރޭގައި ޖިސްމާނީ އަނިޔާކުރުމުގެ 24 މައްސަލަ ހިމެނެ އެވެ.

ޑިސެމްބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 10 މައްސަލަ ހުށަހެޅި އެވެ.

ޖެންޑާ މިނިސްޓްރީ އިން އާންމުކޮށް ނެރޭ ތަފާސްހޮސާބުތަކުން އަބަދުވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. ޖިންސީ ގޯނާ އާއި ޖިސްމާނީ އަނިޔާތަކުގެ މައްސަލަތައް އަބަދު ވެސް ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345